ޕެސްޓިސައިޑް' އިން ތަޣައްޔަރުވެފައިވާ ސްޕްރިން އަނިޔަންތަކެއް ރާއްޖެ އެތެރެވެއްޖެ

'ޕެސްޓިސައިޑް' އިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމުގައިވާ ސްޓާރސް ބްރޭންޑުގެ ސްޕްރިންގ އަނިއަންތަކެއް ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 'ޕެސްޓިސައިޑް' އިން ތަޣައްޔަރުވެފައިވާ މި އުފެއްދުން ރާއްޖެ އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (RASFF) އިން އެ އޮތޮރިޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ،  މިއީ މިސްރުގެ އުފެއްދުމެއްް ކަމަށާއި، އަދި މި އުފެއްދުން ހޯލްސޭލްކޮށްފައިވަނީ ނެދަރލެންޑްސްގެ ކުންފުންޏެއްކަމުގައިވާ ގްލޯބަލް ގްރީން ޓީމް' އިން ކަމަށެވެ.

މިއެލާޓާއި ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްރުގެ ސްޓާރސް ބްރޭންޑުގެ ސްޕްރިންގ އަނިއަން، އެ އޮތޯރިޓީން ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އަންގައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ