އިސްލާމީ މަރުކަޒު - ފެށުން ފޮޓޯ: ވިސާމް

ޝައުބާންމަހުގެ 15 ވިލޭރޭ ހަލްފާ ބާއްވައި، ޖަމާޢަތް ހަދައިގެން ނަމާދުކުރުމަކީ ބިދުޢައެއް - ޚުޠުބާ

ޝައުބާން މަހުގެ 15 ވިލޭރޭ ހަލްފާތައް ބާއްވައި، އެ ރޭ ޙާއްޞަކޮށް ޖަމާޢަތް ނަމާދުކުރުމަކީ ބިދުޢައެއްކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ކިޔާފައިވާ ހުކުރު ޚުޠުބާގައި ވިދާޅުވީ، ބައެއް މީހުން ޝަޢުބާން މަހުގެ 15 ވިލެރޭ ހަފްލާތައް ބާއްވައި، ޖަމާޢަތް ހަދައިގެން އެ ރޭ ޚާއްޞަކޮށް ނަމާދުކޮށް ހަދާ ކަމަށާއި، ނަމަވެސް އެއީ ރަސޫލާގެ އަރިހުން ސާބިތުވާކަމެއް ނޫން ކަމަށެވެ.

"މިއިން އެއްވެސް ކަމަކީ ރަސޫލު ﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ސާބިތުވާ ކަމެއް ނޫން. އަދި އަޞްޙާބު ބޭކަލުންނާއި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ތާބިޢީ ބޭކަލުންވެސް ކުރައްވާފައިވާ ކަމެއް ނޫން. މިއީ ބޮޑުވެގެންވާ ބިދުޢައެއް." ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ކޮންމެ ބިދުޢައަކީ މަގުފުރެދުމެއް ކަމަށާއި، ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައި ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މުޖުތަމަޢުގައި ޝިރުކުގެ ބައެއް ޢަމަލުތައް ސިއްރާއި ފާޅުގައި ފެތުރިފައިވާ ކަމަށާއި، މީސްތަކުންނަށް ލޯބިކުރުމާއި ބޯލެނބުމާއި، ނަދުރުބުނުމާއި، ކަތިލުންފަދަ ﷲ سُبْحَانَهُ وَتَعَالَى އަށް ޚާއްޞަވެގެންވާ ކަންތައްތަކުގައި މަޚުލޫޤުންނާއި އެއްވަރު ކުރެވިއްޖަނަމަ ޝިރުކުގެ ތެރެއަށް ވަދެވިދާނެކަމަށް ޚުޠުބާގައި އިންޒާރުދެއްވިއެވެ.

މިއަދަކީ ޝައުބާން މަހުގެ 1 ވީ ހުކުރު ދުވަހެވެ. މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އެޕްރީލް މަހުގެ 2 ވާ ހޮނިހިރު ދުވަހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ