ބައިބަލާ މުބާރާތް އޯވަންއޯ ކާމިޔާބުކޮށްފި

ފިތުރު އީދާއި ގުޅުވާ ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވި އެމްޓީސީސީ ބައިބަލާ ޗެލެންޖް 1443ގެ ޗެމްޕިއަންކަން  ކްލަބް އޯވަންއޯ ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އޯވަންއޯ ހޯދީ ފައިނަލުގައި ކްލަބް ޓީންއޭޖް ބަލިކޮށްގެންނެވެ. ޗެމްޕިއަންކަން އޯވަންއޯއަށް ލިބުނީ ދެ ގޭމު އެއްވަރުވުމުން ކުޅުނު ގަދަ ހިފުމުގެ ފުރަތަމަ ދެ ހިފުން ކާމިޔާބުކޮށްގެންނެވެ.

ފައިނަލުން ބަލިވި ކްލަބް ޓީންއޭޖަކީ މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި ވާދަކުރި ހުރިހާ ފަހަރަކުވެސް މުބާރާތް ކާމިޔާބުކޮށްފައިވާ ކްލަބެކެވެ.

މުބާރާތުގެ ފައިނަލަށް އޯވަންއޯ ދަތުރުކުރީ ސެމީގައި ވާދަކުރި ޓީސީ ބަލިކޮށްގެންނެވެ. އަދި ޓީނޭއޭޖް ފައިނަލަށް ދަތުރުކުރީ ސެމީގައި ކްލަބް އީގަލްސް ބަލިކޮށްގެންނެވެ.

ފައިނަލަށްފަހު މުބާރާތުގެ ވަނަތައް ހޯދި ކުޅުންތެރިންނަށް ވަނީ އިނާމް ދީފައެވެ. އެގޮތުން ޒުވާން އުއްމީދީ ކުޅުންތެރިއަކަށް ޓީނޭއޭޖްގެ އަލީ ވިދާދު ހޮވުނުއިރު، މިސްޓަރ ބައިބަލާގެ މަގާމް ހޯދީ ޓީންއޭޖްގެ އަސްލަމް ވަހީދުއެވެ. މިއީ އޭނާ މި މަގާމް ހާސިލްކުރި ތިންވަނަ ފަހަރެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ މަގާމް ލިބުނީ ޓީންއޭޖްގެ އިބްރާހިމް ޝަމީން، ހާމިދު ރަޝީދު، އިބްރާހިމް މުހައްމަދު އަދި ޓީސީގެ ހަސަން ތައުހީދުގެ އިތުރުން އޯވަންއޯގެ އަލީ ވިދުދާންއެވެ.

ގިނަ ގޮންޖެހުންތަކާއި އެކުވެސް ގިނަ ބައެއްގެ ބައިވެރިވުމާއެކު ބޭއްވި މިފަހަރުގެ ބައިބަލާ މުބާރާތުގައި ޖުމްލަ 30 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ