ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ފުލުހުންގެ މައި އިދާރާ) ފޮޓޯ: ފެށުން

މަސްތުވާތަކެއްޗާއި އެކު 11 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު 11 މީހުން މާލެއިން ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާއި އެކު ފުލުހުން ހައްޔަރުކޮށްފައިވަނީ ދިވެހި އަންހެނަކާއި ދިހަ ފިރިހެނުންނެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިހިނގާ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 17 އަހަރާއި 56 އަހަރާއި ދެމެދުގެ 11 މީހުން ކަމަށާއި، އޭގެ ތެރޭގައި ދިވެހި 8 ފިރިހެނުންނާއި 18 އަހަރުން ދަށުގެ ދެ ކުދިންގެ އިތުރުން ދިވެހި އަންހެނަކާއި ބިދޭސީ ފިރިހެނަކުވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، މި މީހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ