ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގެ ދެކުނުގެ ޗެމްޕިއަންކަން ގދ.ވާދޫއަށް ލިބިއްޖެ

ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގެ ދެކުނުގެ ޗެމްޕިއަންކަން ލިބި މުބާރާތުގެ ފައިނަލަށް ގދ.ވާދޫ ޓީމް ދަތުރުކޮށްފި އެވެ.

ޒޯން 4 ގެ ޗެމްޕިއަން ވާދޫ ޓީމަށް ދެކުނުގެ ޗެމްޕިއަންކަން ލިބުނީ ޒޯން 3 ގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރި މ. މުލަކް ޓީމުން ފައިނަލް ނުކުޅެ ދޫކޮށްލުމުން ނެވެ. ދެކުނުގެ ފައިނަލް މެޗް މިރޭ ކުޅެން ތާވަލް ކުރި ނަމަވެސް މުލަކް ޓީމުން މެޗް ނުކުޅެން ނިންމިކަން ރަސްމީކޮށް އެންގުމުން މުބާރާތް ބާއްވާ ފަރާތުން ވަނީ ދެކުނުގެ ޗެމްޕިއަންކަން ގދ.ވާދޫއަށް ލިބުނުކަން އިއުލާން ކޮށްފައެވެ.

ވާދޫ ޓީމް ދެކުނުގެ ފައިނަލަށް ދަތުރުކުރީ ޒޯން 4 ގެ ފައިނަލުގައި ވާދަކުރި ޏ. ފުވައްމުލަކް ޓީމުގެ މައްޗަށް 1-2 (ދޭއް އެކެއް) ގެ ނަތިޖާއިން ކުރި ހޯދައިގެންނެވެ. އަދި ދެކުނުގެ ފައިނަލް ނުކުޅެ ދޫކޮށްލި މުލަކް ޓީމް ފައިނަލަށް ދަތުރުކުރީ ޒޯން 3 ގެ ފައިނަލުގައި ވާދަކުރި މަހިބަދޫ ބަލިކޮށްގެންނެވެ.

މުބާރާތް ރޭވިފައިވާ ގޮތުން ދެން އޮންނާނީ މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވުމަށް ކުޅެވޭ ފައިނަލް މެޗެވެ. އެގޮތުން އެ މެޗުގައި ދެކުނުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ވާދޫ ނުކުންނައިރު އުތުރުގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުންނާނީ ކުޅުދުއްފުށި ޓީމެވެ. ކުޅުދުއްފުށި ފައިނަލަށް ދަތުރުކުރީ ޒޯން 1 ގެ ފައިނަލުގައި މާފަރު އަދި އުތުރުގެ ފައިނަލުގައި ދުވާފަރު ބަލިކޮށްގެންނެވެ.

މުބާރާތުގެ ދެކުނުގެ ޗެމްޕިއަން ވާދޫ ޓީމަށް ލިބުނު ފުރިހަމަ ކާމީޔާބީއާއެކު އެނބުރި ރަށަށް ދިއުމުން އެރަށުގެ ރައްޔިތުން ވަނީ އެ އުފަލުގައި ބައިވެރިވެ ރަށަށް ރީތި ނަން ހޯދައިދިން ޓީމަށް ރަތް ދޫލައިގެ ހޫނު މަރުޚަބާއެއް ކިޔާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ