"ރަންބޮލި މަހާސަމާ" ނައިޓް މާކެޓްގެ ގޮޅިތައް ދޫކުރަން ފަށައިފި

"ރަންބޮލި މަހާސަމާ"އިން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓްގެ ގޮޅިތައް ދޫކުރަން ފަށައިފިއެވެ. 

މިނިވަން ދުވަހާ ދިމާކޮށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވާ މި ނައިޓްމާކެޓަކީ 'ރަންބޮލި މަހާސަމާ' އިން ބާއްވާ ފުރަތަމަ ނައިޓް މާކެޓެވެ.

އެކުންފުނިން މަޢުލޫމާތު ދޭގޮތުގައި މި ނައިޓްމާކެޓަކީ ރާއްޖޭގައި އާންމުކޮށް ބާއްވާ ނައިޓްމާކެޓްތަކާއި ތަފާތުކޮށް ހުރިހާކަމެއް ވެސް އިންތިޒާމް ކުރެވިގެންދާނެ ނައިޓްމާކެޓެކެވެ. އެގޮތުން މި މާރުކޭޓު ބާއްވަނީ މިނިވަން ދުވަހާއި ގުޅުވައިގެން އެދުވަހުގެ މުނާސަބާގައިކަަމަށް އެކުންފުނިން ބުނެއެވެ.

ދެވައްތަރެއްގެ ސްޓޯލް މި މާރުކޭޓުގައި ހިމެނޭއިރު ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚާއްސަކޮށް 2 ކެންޓީން ނައިޓްމާކެޓްގައި ހުންނާނެކަމަށް ރަންބޮލި މަހާސަމާއިން ބުނެއެވެ. 

މިނިވަން ދުވަހާ ދިމާކޮށް ހުޅުމާލޭގައި ބާއްވާ މި ނައިޓް މާކެޓް ޖުލައި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ނައިޓްމާކެޓް ހުޅުވާފައި ހުންނާނި 19 ޖުލައި ވާ ހުކުރުދުވަހުގެ ރޭގަނޑު އަށަކުން ރޭގަނޑު އެގާރައަށް އަދި 20 ޖުލައި އިން ފެށިގެން 25 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ރޭގަނޑު އެގާރައަށްކަމަށް ނައިޓްމާކެޓް އިންތިޒާމްކުރާ "ރަންބޮލި މަހާސަމާ"އިން ބުނެއެވެ. 

އެކުންފުނިން ބުނީ މިހާރުވެސް ސްޓޯލްތައް ގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާކަމަށެވެ. އަދި ސްޓޯލްތައް ގަންނަން ބޭނުންފުޅުވާ ފަރާތްތަކާއި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކުންފުންޏަށް ގުޅުއްވުމަށް "ރަންބޮލި މަހާސަމާ"އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް