މުސްލިމުންގެ ހައްގުގައި ވަކާލާތުކުރާ އަފްރީންގެ ގެ އިންޑިއާ ސަރުކާރުން ސުންނާފަތިކޮށްފި

މުސްލިމުންގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓެއް ކަމަށްވާ އަފްރީން ފާޠިމާގެ ގެ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ސުންނާފަތި ކޮށްލައިފިއެވެ.

އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން އަފްރީން ފާތިމާގެ ގެ ސުންނާފަތި ކޮށްލާފައި މިވަނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ދެ އޮފިޝަލަކު ކީރިތި މާތް ނަބިއްޔާ (ޞއވ) އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް އެ ޤައުމުގެ އެތައް ހާސް މުސްލިމުން ހުކުރު ދުވަހުކުރި އިހުތިޖާޖާއި ގުޅިގެންނެވެ. 

ހުކުރު ދުވަހުގެ މުޒާހަރާގައި އިސްކޮށް އުޅުނު ކަމަށް ޝައްކުކުރާ މީހުންގެ ގެދޮރު ސުންނާފަތި ކުރުމުގެ މަސައްކަތް އުއްތަރަ ޕްރަދޭޝްގެ ފުލުހުން ވަނީ ފަށާފައެވެ. އެގޮތުން އަފްރީންގެ ބައްޕަ ޖާވީދުއާއި އިތުރު ދިހަ މީހަކު އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. 

ހުކުރު ދުވަހުގެ މުޒާހަރާއާއި ގުޅިގެން ޖާވިދުގެ އަންހެނުންނާއި އަންހެން ދަރިއަކު ހައްޔަރުކުރުމަށްފަހު ފަހުންވަނީ ދޫކޮށްލާފައެވެ. އަދި އިއްޔެ އެމީހުންގެ ގެ ސުންނާފަތި ކޮށްލާނެކަން އަންގާ ނޯޓިސް ފޮނުވުމަށްފަހު މިއަދު ގޮސް ވަނީ އެގެއަށް ހަމަލާދީ އެއްކޮށް ސުންނާފަތި ކޮށްލާއެވެ.

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތަ ޕާޓީ ބީޖޭޕީގެ އިސް ދެ އޮފިޝަލަކު ކީރިތި މާތް ރަސޫލާ (ޞއވ) އަށް ފުރައްސާރަކުރި މައްސަލައާއި ގުޅިގެން އިންޑިއާގެ މުސްލިމުންގެ އިތުރުން ދުނިޔޭގެ މުސްލިމް ޤައުމުތަކުން ދަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން
53
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސައީދު

    މިހާރު މިފެންނަނީ މުޅިން އާ ވައްތަރެއްގެ ޑިމޮކްރަސީ އެއް އިންޑިޔާ ގައި ދިރިއުޅޭ މުސްލިމުން މުޒާހިރާ ކުރުމުން ގެދޮރު ތަޅާ ސުންނާފަތި ކުރުމީ އިންޑިޔާ ހާމަ މިކުރަނީ އާ ޑިމޮކްރަސީ އެއްތޯ ސުވާލު އުފެދޭ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ