ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ނުގެންނާތީ އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލުނު ނަމަވެސް އެއްގަމު އުނޅަދުތަކުގައި ކުރާ ޓެކްސީ ދަތުރުތަކު އަގުތަކަށް ބަދަލު ނުގެންނާތީ ޕިކް އެންޑް ޑްރޮޕް ޓެކްސީ ސެންޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރެކޭ އެއްފަދައިން ރާއްޖޭގައި ވެސް ތެލާއި ތަކެތީގެ އަގުތައް އަތް ނުފޯރާ ފަށަށް މައްޗަށް ދިއުމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ބަޔަކީ ޓެކްސީ ޑްރައިވަރުންކަމަށާއި އެހެން ވުމުގެ ސަބަބުން ޓެކްސީ ކުރާ ފަރާތްތަކަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ޓެކްސީ ދަތުރުތަކުގެ އަގު ކޮންޓްރޯލްކުރިއިރު ލީޓަރެއްގެ އަގު 8.07 ރ އަށް ހުރި ނަމަވެސް ޕެޓްރޯލް ލީޓަރެއް މިހާރު ލިބެނީ 16.55ރ އަށް ކަމަށެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން 8ރ ބޮޑުވެގެން ދިޔައިރު ދަތުރުތަކުގެ އަގަށް ބަދަލެއް ނުގެނެސް އޮތުމަކީ އެ ސެންޓަރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލެމުންދާ މިންވަރާއި އަޅާކިޔާ އެކަށިގެންވާ ގޮތެއްގައި ޓެކްސީ ހިދުމަތުގެ އަގުތައް މުރާޖާކޮށް އިސްލާހުކުރަމުން ގެންދިއުމަކީ ޓެކްސީ ޑްރައިވަރުންނާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ނުހަނު މުހިއްމު ކަމެއް ކަމަށާއި މި ދަނޑިވަޅެއްގައި ވެސް ޓެކްސީ ދަތުރުތަކުގެ ހިދުމަތް މެދު ނުކެނޑި ފޯރުކޮށް ދިނުމަށްޓަކައި އަގުތައް އަލުން މުރާޖާކޮށް އިސްލާހުކޮށް ދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން