މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ | ފޮޓޯ: މިހާރު

މީރާއަށް އަނެއްކާވެސް 11 ބިލިއަން ރުފިޔާ ލިބިއްޖެ!

މިދިޔަ ޖޫން މަހުގެ ނިޔަލަށް ޓެކުހާއި އެހެނިހެން ގޮތް ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އަށް އާންމުދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އާންމުކުރި އާންމުދަނީ ރިޕޯޓުގައިވާ ގޮތުން ޖޫން މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތް ގޮތުން 2.4 ބިލިއަން ރުފިޔާ އެ އިދާރާއަށް ވަނީ ލިބިފައެވެ.

މިއީ މިހާތަނަށް މި މުއްދަތުގެ ތެރޭގައި ދައުލަތަށް އެންމެ ބޮޑު އާންމުދަނީއެއް ލިބުނު 2019 ވަނަ އަހަރު ލިބުނު އާންމުދަނީއަށްވުރެ 2.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަށްވުރެ 3.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީރާއަށް ލިބުނު އާންމުދަނީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރީ މުދަލާއި ޖީއެސްޓީ އަށެވެ. އެގޮތުން އާންމުދަނީގެ 49 އިންސައްތައަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާއެވެ. އަދި އާންމު މުދަލުންނަގާ ޓެކުހުން ލިބުނު 1.5 ބިލިއަން ރުފިޔާއާ ޓޫރިޒަމް ޓެކުހުން ލިބުނު 3.9 ބިލިއަން ރުފިޔާ ހިމެނޭހެން 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޖޫން މަހުގެ ނިޔަލަށް މީރާއަށް ދެވަނައަށް އެންމެ ބޮޑު އާންމުދަނީއެއް ލިބުނީ އިންކަމް ޓެކުހުގެ ގޮތުގައެވެ. އެގޮތުން އިންކަމް ޓެކްސްގެ ގޮތުގައި ޖުމްލަ އާންމުދަނީގެ 20 އިންސައްތަ ހިއްސާކުރެއެވެ. އިންކަމް ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސް ނޫން ގޮތް ގޮތުން ލިބުނު އާންމުދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލީގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ދެން އެންމެ ބޮޑު އާންމުދަނީއެއް ލިބުނު ދަތުރުވެރިންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 381 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން