ޕާކިސްތާނުގެ ހުޅަނގު ދެކުނުގައިވާ ބަލޮޗިސްތާން ޕުރޮވިންސުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން ދިޔަ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވައްޓާލައިފިއެވެ. މި ހެލިކޮޕްޓަރު ވައްޓާލީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ހަތިޔާރު އެޅި ޖަމާޢަތަކުންނެވެ.
ހެލިކޮޕްޓަރު ވައްޓާލީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ހާދިސާގައި ހެލިކޮޕްޓަރުގައި ދަތުރު ކުރަމުން ދިޔަ ޕާކިސްތާނުގެ އަސްކަރީ އިސް ކޮމާންޑަރެއް ހިމެނޭހެން ހަ މީހަކު ވަނީ މަރުވެފައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ހަތަރު އެޅި ބަޔަކު ހެލިކޮޕްޓަރު ވައްޓާލީ ނޫން ކަމަށާއި ހެލިކޮޕްޓަރު ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ބުނެފައެވެ. އަދި މި ހާދިސާގައި އަސްކަރިއްޔާގެ ކޮމާންޑަރެއް މަރުވެފައިވާ ކަން ވަނީ ކަށަވަރު ކޮށްދީފައެވެ.
ހެލިކޮޕްޓަރު ވެއްޓުނު ބަލޮޗިސްތާނަކީ ޕާކިސްތާނުގެ ސަރުކާރާ ދެކޮޅު ހަތިޔާރު އެޅި ގިނަ ޖަމާޢަތްތަކެއް ހަރަކާތްތެރިވާ ސަރަހައްދެކެވެ. އެގޮތުން ހެލިކޮޕްޓަރު ވައްޓާލުމަށް ދިން ހަމަލާގެ ޒިންމާ ބަލޮޗް ރާޖީ އައޯޖީ ސަންގަރް ކިޔާ ޖަމާޢަތަކުން ވަނީ ނަގާފައެވެ.




