ފުލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އިންތިހާބީ ރައީސް މުއިއްޒު އެދިވަޑައިގެންފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓުގައި ވާގޮތަށް ފުލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މަޑިޖައްސާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ތަރުޖަމާން ފިިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވީ، އާސަރުކާރު ފެށެން ކައިރިވެފައިވުމުން މި ކުރު މުއްދަތުގެ ތެރޭ އަވަސްއަރުވާލައިގެން ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑު ޖައްސާލައި އެކަން ރަނގަޅަށް ކުރިއަށް ގެންދިޔުމަށް އާ ސަރުކާރާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި މިއީ އިންތިޚާބީ ރައީސުލްޖުމްޙޫރިއްޔާގެ ގޮވާލެއްވުން އަދި އެދިވަޑައިގަތުންވެ ކަމަށެވެ.

"އޭސީސީން ވެސް ލަފާ އަރުވާފައިވާ ގޮތަށް އަދި އާސަރުކާރު ފެށެން ކައިރިވެފައިވުމުން މި ކުރު މުއްދަތުގެ ތެރޭ އަވަސްއަރުވާލައިގެން މި މަސައްކަތް ނިންމާ ފްލެޓްތަކުގެ ލިޔުން ނުވަތަ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑު ޖައްސާލައި އެކަން ރަނގަޅަށް ކުރިއަށް ގެންދިޔުމަށް އާ ސަރުކާރާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް،" ފިރުޒުލް ވިދާޅުވިއެވެ. "އެއީ އިންތިޚާބީ ރައީސުލްޖުމްޙޫރިއްޔާގެ ގޮވާލެއްވުން އަދި އެދިވަޑައިގަތުންވެސްމެ،" ކަމަށެވެ.

ސޯޝަލް ހައުސިން ސްކީމުގެ ދަށުން، ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު އޭގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ނުބަލައި 4،000 މީހުން ހޮވި ގޮތާ މެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ބުނެފައިވަނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށްއެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި، ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުޞޫލާ ޚިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ