ކުވެއިތުގެ އާ އަމީރަކަށް ޝެއިހް މިޝާލް

ކުވެއިތުގެ އާ އަމީރު ޝެއިހް މިޝާލް އަލް އަހްމަދު އަލް ސަބާހް އަމީރުކަމުގެ ހުވާ ކުރައްވައިފިއެވެ.

ޝެއިހް މިޝާލް ކުވެއިތުގެ އަމީރު ކަމުގެ ހުވާ ކުރައްވައިފައިވަނީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުގައި މިއަދުއޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކުވެއިތުގައި އާއަމީރެއް ހުވާކުރައްވައިފައިމިވަނީ ކުރިން ހުންނެވި އަމީރު ޝެއިހް ނަވާފް މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ. އަލަށް އަމީރުކަމުގެ ހުވާކުރެއްވެވި ޝެއިހް މިޝާލް އަކީ ޝެއިހް ނަވާފްގެ ކޮއްކޯފުޅެވެ.

އަމީރުކަމުގެ ހުވާކުރެއްވުމަށްފަހު ޝެއިހް މިޝާލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ގައުމުގެ ގާނޫނު އަސާސީއަށް އިހްތިރާމް ކުރެއްވުމާއެކު އަމަންއަމާންކަމާއި ގައުމުގެ މިނިވަންކަން ދަމަހައްޓައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

އުމުރުން 83 އަހަރުގެ ޝެއިހް މިޝާލް ކުރިން އަދާކުރެއްވި ފާހަގަކޮށްލެވޭ މަގާމުތަކުގެ ތެރޭގައި ނެޝަނަލް ގާޑުގެ ޑެޕިއުޓީ ޗީފް ކަމާ އަދި ހެޑް އޮދް ސްޓޭޓް ސެކިއުރިޓީކަން ފާހަގަ ކޮށްލެވެއެވެ.

ޝެއިހް މިޝާލް އަކީ އަވައްޓެރި ގައުމުތަކާއި ވަރަށް ރަނގަޅު ގުޅުމެއް ވެސް އޮންނަ ބޭފުޅެކެވެ. ހާއްސަ ގޮތެއްގައި ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ހިމެނެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ