އެމް.ޕީ.އެލް ގެ އިންޓާންޝިޕް ޕްރޮގްރާމް ފެށުން/ ފޮޓޯ: އެމް.ޕީ.އެލް

ދަރިވަރުންނަށް ތަމްރީނު ހޯދައިދޭ އިންޓާންޝިޕް ޕްރޮގްރާމް އެމް.ޕީ.އެލް އިން ފަށައިފި

ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ އިންޓާރންޝިޕް ޕްރޮގްރާމްގައި މިއަދު ފަށައިފިއެވެ.

އެމް.ޕީ.އެލް އިން ބުނީ، މި އިންޓާންޝިޕް ޕްރޮގްރާމަކީ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އެކުންފުނީގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލް.ޑީ.ޑީ) އިން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޑިސެންބަރ 2023 އިން 4 ޖަނަވަރީ 2024ގެ ނިޔަލަށެވެ.

އިންޓާރންޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް މިއަދު ކުރިއަށް ގެންދިޔަ އޮރިއެންޓޭޝަން ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީޙް ވިދާޅުވީ، ޕޯޓުގެ ދާއިރާތަކަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުމަށް އެމް.ޕީ.އެލް އިން ބޭނުންވާ ކަމަށާއި ޒުވާނުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އެމް.ޕީ.އެލް ދެމި އޮންނާނެ ކަމަށެވެ.

އެމް.ޕީ.އެލް ގެ އިންޓާންޝިޕް ޕްރޮގްރާމް ފެށުން/ ފޮޓޯ: އެމް.ޕީ.އެލް

"މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މި ކުންފުނީގެ ދާއިމީ ވާޒީފާތަކުންވެސް ފުރުސަތު ހޯދޭނެ. އަދި، ކުންފުނީގެ ވަޒީފާގައި ދެމިހުރެގެން (ކުންފުނީގެ ހަރަދުގައި) މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ވެސް ލިބޭނެ. ޕޯޓުގެ އެކި  ދާއިރާގައި މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް،" ވަޖީޙް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ޖުމްލަ 13 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ދަރިވަރުން ތަމްރީނު ހޯދުމަށް ތަފާތު ދާއިރާތަކެއް ކަނޑައަޅައިފައިވާ ކަމަށް އެމް.ޕީ.އެލް އިން މައުލޫމާތުދެ އެވެ.

އެ ދާއިރާ ތަކަކީ، އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް، ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާރ،ކާޕެންޓްރީ،ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން،އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާރވިސް، ގްރެފިކް ޑިޒައިނިންގ،ކޮޕީ ރައިޓިންގ،ސިވިލް އިންޖިނިއަރިންގ / ސާރވޭއިން އަދި އާކިޓެކްޗަރަލް ޑްރާފްޓިންގއެވެ.

އެމް.ޕީ.އެލް ގެ އިންޓާންޝިޕް ޕްރޮގްރާމް ފެށުން/ ފޮޓޯ: އެމް.ޕީ.އެލް

އެމް.ޕީ.އެލް އިން ބުނީ، މި ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށް ވެސް މެންޓަރއެއް ހަމަޖައްސާނެ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަޢުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓަރގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުން ކަމަށް އެމް.ޕީ.އެލް ބުންޏެވެ.

މި ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމް.ޕީ.އެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ