ވޮލީ ބޯޅަ އެސޯސިއޭޝަން ކަޕްގެ ފަނަލް މިރޭ

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލް މޗު މިރޭ އޮންނާނެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ސެމީ ފައިނަލް މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ގްރަޒިއޭލޭ ރިބެއިރޯ ޑިސޫޒާ އެވެ.

ވެމްކޯއިން ސެމީ ފައިނަލުން މޮޅުވީ ހުރާ ސީސީ އާއި ވާދަކޮށް 3 ސެޓް 2 ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާ އެވެ.

މި މުބާރާތުގައި ފައިނަލުގައި ޕޮލިސް ކުލަބާ ވާދަކުރަނީ ކްލަބް ވެމްކޯއެވެ. މި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ 08:30 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ