ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) އެއް ޤާއިމުކުރުމަކީ އިޤްތިސާދުގެ ދުވެލި ބާރުކުރަން މި ސަރުކާރުން އަޅާފައިވާ ހިކުމަތްތެރި ފިޔަވަޅެކެވެ.
ސާފު ރީތި ގޮނޑުދޮށްތަކާއި މޫދު އަޑީގެ ހިތްގައިމު އަދި ފަތުރުވެރިކަމަށް މަޝްހޫރު ދިވެހިރާއްޖެއިން އިޤްތިޞާދު އެހެނިހެން ދާއިރާތަކަށް ސިންދަފާތުކުރުމަކީ ކޮންމެހެންވެސް ކުރާންޖެހިފައި އޮތް ކަމެކެވެ.
ސަރުކާރުގެ އަމާޒަކީވެސް އިޤްތިސާދު ހަރުދަނާކޮށް ދިވެހިންނަށް ފާގަތި ދިރިއުޅުމެއް އުޅޭވޭނެ މަގުފަހިކުރުމެވެ. 8.8 ބިލިއަން ޑޮލަރުގެ މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެތައް އަހަރެއް ވަންދެން ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ބައިގެ ގޮތުގައި ފަތުރުވެރިކަން އޮވެ، ޖީޑީޕީގެ 25 އިންސައްތައަށްވުރެ ބޮޑު ބައެއް އަދި ބޭރު ފައިސާ ލިބޭ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މިންވަރު ހިއްސާކޮށްފައިވެއެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެއް ޞިނާޢަތަކަށް ބަރޯސާވެފައިވުމުގެ ނުރައްކާތެރިކަން ހާމަވެގެން ދިޔައެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ދުނިޔޭގެ ކުއްލި ޙާލަތްތަކަށް ކުރިމަތިލެވޭ އަދި ދިގު މުއްދަތަކަށް އިޤްތިޞާދީ ގޮތުން ވަރުގަދަ މާލީ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ބައްޓަންކުރުމަކީ މުހިއްމު ކެމެކެވެ.
އެމްއައިއެފްސީ ފަރުމާކޮށްފައިވަނީ ޓެކްސް ލުއިތަކާއި ވިޔަފާރިއަށް ފަހި ޤަވާޢިދުތަކެއްގެ ތެރެއިން މާލީ މުއައްސަސާތަކާއި، ފިންޓެކް ކުންފުނިތަކާއި، ޑިޖިޓަލް ނޯމަޑުންފަދަ ދުނިޔޭގެ އެކި ފަރާތްތައް ޝައުޤުވެރި ކުރުވުމަށެވެ. މި މަޝްރޫޢުގައި ބައިނަލްއަޤްވާމީ ވިޔަފާރިތަކަށް ވަރަށް ވާދަވެރި މާޙައުލެއް ޤާއިމުކުރެވޭނެއެވެ.
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއީ ވަރަށް މުހިންމު މަޝްރޫޢެއްކަމަށާއި ދިވެހިންގެ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ފައިނޭންޝިއަލް ސެންޓަރަކީ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި ކުރިމަގު ދެކޭ އުފެއްދުންތެރިން ދިވެހިރާއްޖެއަށް ޝައުޤުވެރިވާނެކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މިއީ ވަރަށް މުހިންމު މަޝްރޫޢެއް ކަމަށާއި މިއީ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ.
"މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ޚިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން މި ތަނަށް އަންނާނެ،" ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އެމްއައިއެފްސީގެ ސަބަބުން އެތައް ދިވެހިންނަށް އެތައް ހާސް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި އެތަނުގެ ސަބަބުން ދިވެހިން ފަހުރުވެރިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
"އެއީ ރާއްޖޭގެ އިގްތިޞާދަށާއި ދިވެހި ދައުލަތުގެ މިނިވަންކަމަށް ވަރަށް ހާއްސަ މަޝްރޫއެއް" ޒަމީރު ވިދާޅުވެފައި ވެއެވެ.
2030 ވަނަ އަހަރަށް މި މާލީ މަރުކަޒު ނިންމުމަށް ހަމަޖެހިފައިވާއިރު، 4 އަހަރުގެ ތެރޭގައި ޤައުމުގެ ޖީޑީޕީއަށް ބޮޑު އަސަރެއް ކުރާނެއެވެ. ދުނިޔޭގެ ޝައުޤުވެރިކަން މިހާރުވެސް އިތުރުވަމުންދާއިރު، އެމްއައިއެފްސީ އަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މަޝްރަޙު އަލުން ބައްޓަންކޮށް، ކުރިއަށް އޮތް ޖީލުތަކަށް ވަރުގަދަ މުސްތަޤްބަލެއް ކަށަވަރުކޮށްދޭނެ މަޝްރޫޢެކެވެ.



