އައިޖީއެމް ހޮސްޕިޓަލް- ފޮޓޯ: ފެށުން

ޑެންގޫ އަށް ޕޮސިޓިވްވި ކުދިންގެ ހާލު، އެޑިއުކޭޝަން މިނިސްޓަރ ބައްލަވާލައްވައިފި

ފ.ފީއަލި އިން ޑެންގޫއަށް ޕޮސިޓިވްވެ އިތުރު ފަރުވާ ހޯދުމަށް މާލެ ގެނައި ކުދިންތަކުގެ ތެރެއިން އައި.ޖީ.އެމް.އެޗް ގައި މިވަގުތު ތިބި ކުދިންގެ ހާލަތު ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މިއަދު އައި.ޖީ.އެމް އެޗް އަށް ޒިޔާރަތް ކުރައްވައި އެކުދިންގެ ހާލު ބައްލަވާލައްވައިފިއެވެ.

ފީއަލީގެ ޞިއްޙީ ޚާލަތު ގޯސްވެ، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވަނީ ރާއްޖޭގެ މީޑިއާއިން އެ މައްސަލަ ތިލަކުރުމުންނެވެ. މީޑިއާއިން އެ މައްސަލަ ތިލަކުރުމާއެކު ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އެރަށުގެ ޚާލަތު ގާތުން ބައްލަވާފައިވާއިރު، ރައީސް އޮފީހުންވެސް އެރަށު ކައުންސިލް މެދުވެރިކޮށް ރަށުގެ ޚަލާތު ބައްލަވާފައިވެއެވެ.

ފީއަލީގެ ޑެންގޫގެ ޙާލަތާއި ބެހޭގޮތުން އެޗްޕީއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރޭގައި އިތުރު ފަރުވާހޯދުމަށް މާލެ ގެނެސްފައިވާ 6 ކުދިންގެ ތެރެއިން 4 ކުއްޖަކު އައިޖީއެމްއެޗް ގައި އިތުރު ތަޙުލީލުތަކާއި ފަރުވާދިނުމަށް އެޑްމިޓް ކުރެވިފައިކަމަށް އަދި އޭގެ ތެރެއިން 2 ކުއްޖަކު ޑެންގޫ އަށް ޕޮސިޓިވް ވެފައިވާކަމަށެވެ.

ރަށުގެ ޞިއްޙީ ޚާލަތު ހުރިގޮތުން ކައުންސިލްގެ އެދުމުގެ މަތިން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އެރަށުގައި ހުންނަ ފ އަތޮޅު މަދަރުސާ  1 ހަފްތާގެ މުއްދަތައް ބަންދު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ