ޒިޔަތު ގެއަށް ބަދަލު ކުރުމުގެ އަޑީގައި ހުރީ މައުމޫނާއި ނާޒިމް – އަލްހާން

އެމްޕީއާރްސީގެ ކުރީގެ  މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ  ޒިޔަތު، އެކުންފުނިން ހިންގައިފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގައި ބައިވެރިވެފައިވާކަން ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައިވަނިކޮށް، ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށްފައިވަނީ، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު ނާޒިމާއި، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އަޑީގައި ހުންނަވައިގެން ކަމަށް، އެމްޑީޕީގެ ނައިބު ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަލްހާން ފަހުމީ ވިދާޅިވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ކަރެކްޝަނުން ޒިޔަތު ގޭބަންދަށް ބަދަލުކުރްވި ހަބަރު ޝެއަރ ކުރައްވަމުން އަލްހާން ކޮށްފައިވާ ޓްވީޓްގައި  ވިދާޅުވެފައިވަނީ، "ދައުލަތުން ވައްކަން ކުރި މީހުން ޖަލުން ނެރެގެން ވަގަށް ނެގި ފައިސާ ޚަރަދުކުރުވައިގެން ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ބޭނުންފުޅުވާ ކަމެއްވެސް ބަލަން ޖެހޭ" ކަމަށާއި، މިކަމުގެ އަޑީގައި ހުންނެވީ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްއާއި ރައީސް މައުމޫނު ޢަބްދުލް ގައްޔޫމް ކަމަށެވެ.

ކަރެކްޝަންއިން ކޯޓު އަމުރެއް ނެތި، ހޯމް މިނިސްޓްރީގެ ނިންމެވުމަކަށް ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައިވާ ސަބަބު ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ