ނޭމާގެ އާ ބޫޓް ލީކްވެއްޖެ

ނޭމާ އިންޖަރީވެފައިވާ މިދަނޑިވަޅުގައި ނޭމާގެ ނަމާއެކު ނައިކް އިން އުފެއްދި "ޝޫ..." ނަމުން ނަންދީފައިވާ ނައިކް މާކިއުރަލް ލީކްވެއްޖެއެވެ.

ބޮޑަށް ލަފާކުރެވޭ ގޮތުގައި ނައިކް އިން މިބޫޓް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައި އޮންނަ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޕީއެސްޖީ އަދި ޔުނައިޓެޑް ބައްދަލުކުރާ މެޗަށެވެ. ނަމަވެސް އިންޖަރީގެ ސަބަބުން ދެމަސްދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަންޖެހިފައިވާ ނޭމާ މިމެޗުގައި ނުކުޅޭނެއެވެ.

މިބޫޓްގެ ރަސްމީނަމަކީ "ނައިކް މާކިއުރަލް ވެޕަރ 12 އެންޖޭއާރު -ޝޫ- އެޑިޝަން"އެވެ. އަދި މިއީ މިއަހަރުގެ ކުރީކޮޅު ނެރުމަށް ހަމަޖެހިފައިވާ ބޫޓެކެވެ. މިބޫޓުގައި ބޭނުންކުރެވޭ، "ޝޫ..." މިލަފްޒައަކީ އަނެކާގެ ގާތު މަޑުން ހުރުމަށް ބުނުމުގެ ގޮތުން އަނގައިން ލައްވާލެވޭ އަޑެކެވެ. އާންމުކޮށް މިއަޑު ލައްވަނީ އަނގަމަތީ ޝަޙާދަތް އިނގިލި އަޅައިގެންނެވެ.

މިއަހަރުގެ ނޭމާގެ ފުރަތަ ބޫޓުވެސް ބިނާވެފައިއޮތީ މާކިއުރަލް ވެޕަރ 12 ގެ މޮޑެލްއަށެވެ. ނަމަވެސް މިދިޔަ ޖުލައިމަހު ނެރުނު "އަމަރިލޯ" އެޑިޝަންގެ ރީނދޫ ބޫޓްތަކާއި މިފަހަރުގެ ބޫޓް ވަރަށް ތަފާތެވެ. މިފަހަރުގެ ބޫޓުގައި ހިމެނެނީ މަޑު އަޅި ކުލައަކާއި ކަޅުކުލައެވެ. ނައިކް ލޯގޯ ރަތްކުލައިން ޖަހާފައިވާއިރު "ޝޫ..." ލިޔެފައިވާ ގްރެފިކް ޑިޒައިނެއް މުޅި ބޫޓްގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ