އެފްއޭއޭމްގެ ލީޑަޝިޕްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް) ގެ ލީޑަޝިޕްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި، ކުއްލި ކޮންގްރެސްއެއް ބާއްވައި ދިނުމަށް ވިކްޓްރީ ސްޕޯޓް ކްލަބުން އެދެފިއެވެ.

އެފްއޭއެމްގެ ލީޑަރޝިޕް ބަދަލުކުރަން ކުއްލި ކޮންގްރެސް ބާއްވައިދޭން އެދިފައިވާކަން އެ ކްލަބުން ކަށަވަރު ކޮށްދެއްވާފައިވައި ވިދާޅުވެފައިވަނީ، އެ ކްލަބުން ހުށަހެޅި މައްސަލައިގައި 19 ކްލަބަކުން ސޮއި ކޮށްފައިވާ ކަމަށެވެ.

19 ކްލަބަކުން އެ މައްސަލައިގައި ސޮއި ކޮށްފައިވާކަމަށް ވިކްޓްރީން ބުނެފައިވާއިރު، އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓް ލެވެނީ ޖުމްލަ 24 ކްލަބަށެވެ.

އެފްއޭއެމްގެ ކުއްލި ކޮންގްރެސް އަކަށް ވިކްޓްރީން އެދުނުއިރު، އެ އެސޯސިއޭޝަނުގެ ކޮންގްރެސް މީގެ ކުރިން ތާވަލު ކޮށްފައި އޮތީ އަންނަ މާރޗް މަހުގެ 24 ވަނަ ދުވަހަށެވެ.

އެފްއޭއެމްގެ ކުއްލި ކޮންގްރެސް އަކަށް ވިކްޓްރީން އެދުނުއިރު ސަރުކާރާ އެފްއޭއެމް އާ މައްސަލަތަކެއް އުޅޭކަމުގެ އަޑުތައް ގަދަވެ ޔޫތް މިނިސްޓަރާއި، އެފްއޭއެމާއި ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރިތަންވެސް ފެނިފައިވެއެވެ. އަދި އެފްއޭއެމާ ދެކޮޅަށް ވާހަކަ ދައްކަމުންދިޔަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޓްވެސް ކޮށްފައިވެއެވެ.

މިވަގުތު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްއަކަށް ހުންނެވީ ބައްސާމް އަދީލް ޖަލީލެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ