ބީއެމްއެލް ލުއި ލޯނުތަނަށް ބޮޑެތި ބަދަލުތަކެއް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ޕާސަނަލް ލޯނު" ތަކަށް ބަދަލުތަކެއް ގެނެސް، ގިނަ ބަޔަކަށް ނެގޭނެ ގޮތަށް ލުއިތަކެއް ދީފި އެވެ.

ބީއެމްއެލްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ޝަރީފު ވިދާޅުވީ، ލޯނަށް ގެންނަ ބަދަލުގެ މައިގަނޑު ބޭނުމަކީ ފަސޭހަކަމާއެކު ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.

ބީއެމްއެލްއިން ވިދާޅުވީ، ލޯނުތަކަށް ގެނެވުނު ބަދަލުތަކާއެކު ލުއި އެކްސްޕްރެސް ލޯނުގެ ގޮތުގައި 300,000 ރުފިޔާ އާ ހަމައަށް ލޯނު ލިބިގެންދާނެ ކަމަށާއި، 15،000 ރުފިޔާ އާ ހަމަޔަށް ކުރިން ދޫކުރި ލުއި މައިކްރޯ ލޯނު 25000 އަށް ބޮޑު ކުރުމާއި، އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފް ސްޓައިލް ލޯނު 1.5 މިލިއަނަށް ބޮޑުކުރުމުގެ އިތުރުން ލުއި ލޯނުތައް އަންބުރާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

ލުއި އެކްސްޕްރެސް ލޯނަކީ އެއްވެސް ރަހުނަކާ ނުލައި ގަވައިދުން އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ދޫކުރާ، ރަހުނެއް ވެސް ބޭނުމެއް ނުވާ، އަމިއްލަ އަށް އެއްވެސް ހަރަދެއް ވެސް ކުރަންނުޖެހޭ ލޯނެކެވެ.

ބޭންކުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑައިރެކްޓަރު އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ބޭންކުގެ ޕްރޮޑަކްޓްތަކަށް ބަދަލު ގެންނަނީ ކަސްޓަމަރުންގެ ޑިމާންޑަށް ބަލައިގެން ކަމަށާއި، ޕަރސަނަލް ލޯނުތަކަށް މިގެނެވުނު ރަނގަޅު ބަދަލުތަކާއެކު ކަސްޓަމަރުންގެ އެކިއެކި އަމިއްލަ ބޭނުންތަކަށް ފައިނޭންސް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލް ލުއި ލޯނުގެ ގޮތުގައި ދޫކުރާ ލޯނުތަކުގެ އަދަދުތައް ބޮޑުކުރި ނަމަވެސް އެ ލޯނުތަކުގެ އިންޓްރެސްޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، ބީއެމްއެލްއިން ދަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބޭންކިން ސެންޓަރާއި އޭޓީއެމް އަދި ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ ގާއިމް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ