ހުޅުމާލެގެ ހަ ސަރަހައްދެއްގައި ފެން ވެރޭނެ ތަންތަން ހަދަނީ

ވެރިރަށް މާލޭގެ ކުރިއަރަމުން އަންނަ ސިޓީ، ހުޅުމާލޭގެ ހަ ސަރަހައްދެއްގައި ފެންވެރޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓަރީން ފަށައިފިއެވެ.

ހުޅުމާލެގެ ހަ ސަރަހައްދެއްގައި ފެން ވެރޭނެ ތަންތަން ހެދުމަށް ކުރިން ކުރެވިފައިވާ ޢިއުލާނު ބާތިލްކޮށް އަލުން ހުޅުމާލޭގެ 6 ސަރަޙައްދެއްގައި ފެންމާގަނޑު ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ އިއުލާން ކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ފެބުރުވަރީ 10 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ފެބުރުވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ވަޑައިގެން ބީލަން ހުށައެޅުން އެދޭކަމަށެވެ.

އެޗްޑީސީންގެ ފަރާތުން ހުޅުމާލޭގައި މީގެ ކުރިން މިފަދަ މަސައްކަތް ކުރިނަމަވެސް މި ސަރުކާރުން ހުޅުމާލޭގެ ބައެއް މަސައްކަތްތައް ސީދާ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ކުރައްވާކަން ފާހަގަކުރަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ