މިނިސްޓަރ އާތިފާ - ފޮޓޯ: ރއީސް އޮފީސް

ހައުސިންގ މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަނީ

ރައީސް ޞޯލިޙްގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރު އައިމިނަތު އާތިފާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް ނޯޓިސް ފޮނުވައިފިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު ވިދާޅުވީ، މިނިސްޓަރު އާތިފާ މަޖިލީހަށް ހާޒިރު ކުރަނީ ހިޔާ މަޝްރޫއުގެ ފަލްޓްތަކަށް ބަދަލު ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ކަމަށެވެ.

މަޖިލީހުން މިނިސްޓަރަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ، މިނިސްޓަރާ ސުވާލު ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު (ބޮޗޭ) ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި އިފްތިތާހް ކޮށްފައިވާ ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން އެ ފްލެޓްތައް ލިބޭނެކަމަށް ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ، މިހާރު މަސައްކަތް ފަށާފައިވާ 7000 ދެކޮޓަރީގެ ފްލެޓް އާއި މަސައްކަތް ނުފަށާ ވާ 2500 ދެ ކޮޓަރީގެ ފްލެޓްތަކަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ދޭހަވާ ގޮތަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރަށް ހަވާލާދީ މީޑިއާގައި ޚަބަރު ފެތުރިފައިވެއެވެ. މިއީ ހަޤީގަތެއްތޯ؟ އެހެންކަމަށްވާނަމަ ފްލެޓްތަކުގެ ހައްޤުވެރިންނަށް ވާނީ ކިހިނެތްތޯ؟" މިނިސްޓަރާ ކުރުމަށް ހަމަޖެހިފައިވާ ސުވާލުކަމަށް ނޯޓިސްގައި ބުނެފައިވެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅިގެން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރާއިރު، އެ މަޝްރޫއަށް އާ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ