ސިފައިންގެ ކަބަލުންނަށް ޚާއްޞަ މޫދު ކަސްރަތު ޕްރޮގްރާމެއް

ދިވެހި އަސްކަރިއްޔާގައި މަސައްކަތްކުރާ އަންހެން ސިފައިންނަށް ޚާއްޞަކޮށްގެން ހިންގާ "މޫދު ކަސްރަތު ޕްރޮގްރާމް" މިއަދު ފަށައިފިއެވެ.

ޖުމްލަ 55 އަންހެން ސިފައިން ބައިވެރިވާ މި ޕްރޮގްރާމަކީ 8 ހަފުތާގެ މުއްދަތަށް ހިންގާ، އެމްއެންޑީއެފްގައި މަސައްކަތްކުރާ އަންހެން ސިފައިންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ކުލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކިއެކި ސަރަޙައްދުތަކުގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ޕްރޮގްރާމުގައި 3 ވަނައެއް ހޮވުމަށް ހަމަޖެހިފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ބިގަސްޓް ލޫޒާ އަށް ހޮވޭ 3 ފަރާތާއި، މޯސްޓް މޯޓިވޭޓަރ އަދި ކުއީން އޮފް ދަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ޗީފް އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވާޏީ ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރ، ވޮރަންޓް އޮފިސަރ 1 އިސްމާޢީލް އަޙްމަދު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ޕްރޮގްރާމުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރގެ އިތުރުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ އަންހެން ސިފައިން ބައިވެރި ވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ