ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރަސްމީ ފޭސްބުކް ޕޭކް ހެކްކޮށްފިއެވެ.
އެލްޖީއޭގެ ފޭސްބުކް ޕޭޖް ހެކްކޮށްފައި ވަނީ ކޮންއިރަކު ކަމެއް ސާފު ނުވި ނަމަވެސް، އެ ޕޭޖް ހެކްކުރި ކަން ފުލުހުން ވަނީ ޔަޤީން ކަށަވަރު ކޮށްދެއްވާފައެވެ.
ފުލުހުން ވިދާޅުވީ، އެލްޖީއޭގެ ރަސްމީ ފޭސްބުކް ޕޭޖް ހެކްކުރި މައްސަލަ ފުލުހަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 11:38 ހާއިރު ކަމަށެވެ.
އެލްޖީއޭގެ ފޭސްބުކް ޕޭޖް ހެކްކުރިއިރު ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ ވަނީ މިއަދު ހެނދުނު ފަށާފައެވެ.




