ފެލިވަރުގައި 53 މީހަކު ކާނާ ވިހަވެއްޖެ

މިފްކޯގެ މައި މަސް ކާރުހާނާ ހުންނަ ފެލިވަރުގައި 53 މީހަކު ކާނާ ވިހަ ވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ފެލިވަރުގައި ކާނާ ވިވަވުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި، މިނިސްޓްރީގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާނާ ވިހަވި 53 މީހުންގެ ތެރެއިން 3 މީހަކަށް ޅ.އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ދަނީ ދަރުވާ ދެމުންނެވެ.

ކާނާ ވިހަވުމަކީ ރާއްޖޭގައި މަދުން ނަމަވެސް ހިނގާ ކަމަށްވީ ނަމަވެސް އާއްމު ކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް