ސަރުކާރުގެ ޓްރާންސްޕޯޓް ކުންފުނި، އެމްޓީސީސީން މާލެއާ ވިލިމާލެއާ ދޭތެރޭ ދުއްވާ ފެރީއަކާއި، ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ކަނޑުމަތީގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 04:40 ހާއިރު ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ފެރީ ކެޕްޓަނުގެ އިތުރުން އިތުރު މީހަކު ހޭނެތިފައިވާއިރު، ފެރީގެ ކެޕްޓަނަށާއި، ފެރީން ދަތުރުކުރި ފަސިންޖަރަކަށް ޝޮކެއް ޖެހި އެއިޖީއެމް ހޮސްޕިޓަލްގައި ދަނީ ދަރުވާ ދެމުންނެވެ.
ފެރީ އެކްސިޑެންޓުތައް މަދު މި ދުވަސްވަރު ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ބޮޑު ހާނީއްކައެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.