ޕާރުސަލުތަކުގައި މަސްތުވާތަކެތި އެތެރެކުރި ބަޔަކު ހައްޔަރު ކޮށްފި

2 ޕާރުސަލްތަކެއްގައި މިއަދުގެ ވަގުތެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު އަތުލައިގަނެފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މަސްތުވާތަކެއްޗާއެކު ކޮރިއަރ ކޮމްޕެނީ މެދުވެރިކޮށް އެތެރެކޮށްފައިވާ 2 ޕާރުސަލު ކަނޑާ ފާސްކޮށްފައިވާއިރު، އޭގޭތެރެއިން 575 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

2 ޕާރުސަލިކީވެސް މިއަދު ރާއްޖެ އެތެރެކޮށްފައިވާ ތަކެތި ކަމަށާއި، އޭގެ ތެރެޢިން އެއް ޕާރުސަލުގައި ޕެކިންއާއެކު ބަރުދަނުގައި 287 ގްރާމް ހިމެނޭ މަސްތުވާތަކެތި އަދި އަނެއްޕާރުސަލުގައި 288 ގްރާމްގެ މަސްތުވާތަކެތި ހުރި ކަމަށާއި، ޕާރުސަލު ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހިރޮއިން ފެނިފައިވާކާމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މިއަދު 2 ޕާރުސުލުގައި އެތެރެކޮށްފައިވާ މަސްތުވާތަކެތި ރާއްޖެއަށް ގެނެސްފައިވާ މީހުން ފުލުހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވިދާޅުވީ، އަތުލައިގަނެފައިވާ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް