އެމްޑީޕީގެ 86 ކެންޑިޑޭޓުން - އީސީން ބަލައިގަތީ 76 ފޯމު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވި 86 ބޭފުޅުންގެ ފޯމުގެ ތެރެއިން 10 ފޯމު ބަލައި ނުގަނެ، 76 ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު، އެ ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް މީޑިއާއަށް ވިދާޅުވެފައިވަނީ، ފޯމު ހުށަހެޅުއްވި 86 ކެންޑިޑޭޓުންގެ ތެރެއިން 76 ކެންޑިޑޭޓުންގެ ފޯމު ބަލައިގަނެ، އެޕާޓީ އަށް މިހާރު އަންގާފައިވާ ކަމަށާއި، ބަކީ 10 ކެންޑިޑޭޓުންގެ ފޯމް މައުލޫމަތު ފުރިހަމަ ނުވާތީ ބަލައިގެންފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން 76 ފޯމު ބަލައިގަނެ، އެޕާޓީ އަށް މިހާރު ވަނީ އަންގާފައި. އަދި ބާކީ 10 ފޯމު މައުލޫމަތު ފުރިހަމަ ކުރުމަށް މީހަރު ވަނީ އަނބުރާ ފޮނުވާލައިފައި." އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަސް ކެންޑިޑޭޓަކުވެސް ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ތިން ބޭފުޅެއްގެ ފޯމެއް ވަނީ ބަލައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް