އެކްސިޑެންޓެއްގައި ފުވައްމުލަކުން ދެމީހަކަށް އަނިޔާވެއްޖެ

ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، މިއަދު ހަވީރު ފުވައްމުލަކު ސިޓީގެ ދަނޑިމަގު ވޮލީކޯޓު ކައިރިންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 05:38 ހާއިރު ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ޒުވާނުނަކާއި، 30 އަހަރުގެ ފިރިހެނަކަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް ހާނީއްކަތަނެއް ލިބިފައި ނުވީ ނަމަވެސް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ފުވައްމުލަކަކީ އެއްގަމު އުޅަނދުތައް ގިނަ ރަށަކަށްވާއިރު، އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ