އެއް އަހަރުގެ ތުއްތު ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެންނަނީ

ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ތުއްތު ކުއްޖަކު މާލެ ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެއް އަހަރުގެ ތުއްތު ކުއްޖާ މާލެ ގެނައުމަށްޓަކައި އެމްއެންޑީއެފް ސީ އެންބިއުލަންސްގައި މިރޭ 21:00 ގައި ކޫއްޑޫ އެއާޕޯޓަށް ގެންގޮސްދީފައިވާ ކަމަށެވެ.

މި ތުއްތު ކުއްޖާގެ އިތުރުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 44 އަހަރުގެ ފިރިހެނަކުވެސް މާލެ ގެނައުމަށްޓަކައި ކޫއްޑޫ އެއާޕޯޓަށް މިރޭ ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގއ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ތުއްތު ކުއްޖަކާއި، ތިނަދޫން މީހަކު މާލެ ގެނައުމަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދިންއިރު، ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ އަންހެނަކުވެސް ވަނީ މިއަދު ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް