އުރީދޫ ކަލަ ރަންގައި ބައިވެރިވުމަށް ޔޫތް މިނިސްޓަރ އައްޑޫގައި

މިއަދު އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ އުރީދޫ ކަލާ ރަން ޝަރަފުވެރިކޮށްދެއްވުމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް އަށް އައްޑުއަށް ވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުރީދޫ ކަލަ ރަން ގައި މިނިސްޓަރ މަހްލޫފް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކަލަ ރަންގެ ކުރިން މިއަދު ހެނދުނު އުރީދޫން ވަނީ ކުޑަކުދިންނަށް ޚާއްސަ ގުޑި މަހާސަމާގެ ނަމުގައި ގުޑި އެރުވުމުގެ ހަރަކާތެއް ކާމިޔާބު ކަމާއެކު ހިތަދޫ ސްޓޭޖު ސަރަހައްދުގައި ބާއްވާފައެވެ.

ކަލާ ރަން ފެށޭނީ މިއަދު ހަވީރު 4:00 ގައެވެ. ދުވުން ފެށިގެން ދާނީ ހިތަދޫ ސްޓޭޖު ސަރަހައްދުން ލިންކު ރޯޑުން ކަމަށްވާއިރު ދުވުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބައެއް މަގުތައް ބަންދުކޮށްފައެވެ.

މިއީ އުރީދޫ ކަލާ ރަން އައްޑޫގައި ބާއްވާ ފުރަތަމަ ފަހަރަށް ވެފައިވާއިރު މި ދުވުމަކީ މާލޭގައި މީގެ ކުރިން އެކި ފަހަރު މަތިން ވަރަށް ކާމިޔާބު ކަމާއެކު ބާއްވާފައިވާ ދުވުމެކެވެ. އުރީދޫ ކަލާ ރަންއަށް އައްޑޫ އިން ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

ތަފާތު ހަރަކާތްތައް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަ ރަންގެ ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރާނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ