އައިޓީއެފް ކޮލިިފިކޭޝަންގައި ރާއްޖެއިން ބޫޓާންގެ މައްޗަށް ކުރިހޯދައިފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) މުބާރާތުގައި ރާއްޖޭގެ 12 އަހަރުން ދަށުގެ ޓީމް ބޫޓާންގެ މައްޗަށް ކުރިހޯދައިފިއެވެ.

ރާއްޖޭގެ 12 އަހަރުން ދަށުގެ ޓީމް ބޫޓާންގެ މައްޗަށް ކުރިހޯދާފައިވަނީ 3-0 ގެ ނަތީޖާ އިންނެވެ.

ޓީމް ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ރާއްޖޭގެ ކުޅިވަރާބެހޭ މިނިސްޓަރ އަހުމަދު މަހުލޫފު ދެންމެ ވަނީ ޓްވީޓް ކުރަށްވާފައެވެ.

މި މުބާރާތް ބަންގްލަދޭޝްގައި ކުރިއަށްދާނީ މިމަހުގެ 21 އިން 29 ގެ ނިޔަލަށެވެ. މުބާރާތުގައި ރާއްޖެއާއެކު ސަރަހައްދުގެ ހަތް ގައުމު ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

މި މުބާރާތުގައި ރާއްޖެއިން ހަ ކުޅުންތެރިން ވާދަކުރެއެވެ. އެއީ ގިޔާސުއްދީން ސްކޫލުގެ އާޔާ ޝަފީ ސައީދު އާއި ދާއޫދު ސައީދު ގެ އިތުރުން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލުގެ މުހައްމަދު މީކާއިލް އަހުމަދާއި އާރާ އާސާލް އާޒިމް އާއި ދަރުމަވަންތަ ސްކޫލުގެ މުހައްމަދު ކައިސާން އިއްޒަތު ރަޝީދު އަދި ކަލާފާނު ސްކޫލުގެ ލުލުއާ ބިންތި ހަސަން އަރީފް އެވެ. ޓީމުގެ ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ ކުމާރް އަދިކާރީ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ