އަގުއެރޯގެ ހެޓްރިކާއިއެކު ސިޓީއިން 6-0 ގެނަތީޖާއަކުން ޗެލްސީ ބަލިކޮށް އެނބުރި ތާވަލްގެ އެއްވަނައަށް އަރައިފިއެވެ. މިރޭ އެތިހާދު ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގައި ސިޓީގެ ފަރާތުން ފުރިހަމަ ކުޅުމެއް ފެނިގެންދިޔައިރު ސިޓީއިން ފުލުފުލުގައި ހަމަލާއުފަށްދަމުން ގޮސް ޗެލްސީގެ ޑިފެންސަށް ޕްރެޝަރ ބޮޑުވެ ސިޓީއަށް ޗެލްސޯގެ ގޯލް ހުޅުވެންނެގީ އެންމެ ހަތަރު މިނެޓެވެ. މިލަނޑު ރަހީމް ސްޓާލިން ކާމިޔާބުކޮށްދިންތާ މާގިނައިރުތަކެއްނުވެ އިތުރު ލަނޑެއްކަހާ ސިޓީއިން ލީޑު ފުޅާކުރިއެވެ. ދުރުން ޖެހި ހިތްގައިމު މިލަނޑު މެޗުގެ 13 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ އަގުއެރޯއެވެ. އަގުއެރޯގެ ދެވަނަ ލަނޑު މެޗުގެ 19 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިންއިރު ސިޓީއިން ފުރަތަމަ ހާފު ނިންމާލީ ގުންޑޯގައިންގެ އިތުރު ގޯލަކާއިއެކު 4-0 ގެނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.
ޕްރިމިއަރ ލީގުގައި އަގުއެރޯ 11 ވަނަ ހެޓްރިކް ފެނިގެންދިޔައީ 56ވަނަ މިނަޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިހެޓްރިކާއިއެކު ޕްރިމިއަރ ލީގުގައި އެންމެ ގިނަ ހެޓްރިކްހެދި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައަށް އަގުއެރޯއެރި އިރު އިނގިރޭސި ކުރީގެ ކުޅުންތެރިޔާ އެލަން ޝިއެރާވެސްވަނީ ހަމަ މިއަދަދަށް ހެޓްރިކް ހަދާފައެވެ.
ޕްރިމިއަރ ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިން:
- ސާރޖިއޯ އަގުއެރޯ، އެލަން ޝިއެރާ – 11 ހެޓްރިކް
- ރޮބީ ފޯލަރ – 9 ހެޓްރިކް
- މައިކަލް އޮވެން، ހެރީ ކޭން، ތިއެރީ އޮންރީ – 8 ހެޓްރިކް
- ވޭން ރޫނީ – 7 ހެޓްރިކް
- ލުއިސް ސުއަރޭޒް – 6 ހެޓްރިކް
ޗެލްސީގެ ފަރާތުން ޖުމްލަ ދެތިން ހަމަލާއެއް ފެނިގެންދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 ވަރަކަށް މިނަޓަށްވެފައި ވަނިކޮށް ސްޓާލިންގެ ކާމިޔާބުކޮށްދިން އޭނަގެ ދެވަނަލަނޑާއެކު މެޗު ނިމިގެންދިޔާއި 6-0 ގެނަތީޖާއަކުން ޗެލްސީ ލަނޑު ގަންނަވާލާފައެވެ. މިއީ 1991 ގައި ނޮޓިންހަމް ފޯރެސްޓް އަތުން 7-0 ގެ ނަތީޖާއަކުން ޗެލްސީބަލިވިފަހުން މިހާ ބޮޑު ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރެވެ.




