ހެޓްލަރުގެ ކުރެހުންތައް ޖަރުމަނުގައި ބޭއްވި މައުރަޒުގައި ނުވިކުނު

ޖަރުމަނުގެ ނާޒީ ލީޑަރް އެޑޮލްފް ހެޓްލަރު ކުރެހިކަމަށްބުނާ ފަސް ކުރެހުމެއް ޖަރުމަނުގެ މައުރަޒެއްގައި ވިއްކަން އުޅެ ނުވިކިގެން މައުރަޒު ހުއްޓާލައިފިއެވެ.

ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ނޫރެމްބާގްގައި ބޭއްވި މި މައުރަޒުގައި ހެޓްލަރުގެ ކުރެހުމުގެ އިތުރުން ހެޓްލަރު ބޭނުންކުރި ކަމަށް ބުނާ ބައެއް ތަކެތިވެސް ނީލަން ކިޔުމަށް ލައިފައި ވެއެވެ. މީގެ ތެރޭގައި ވާސް އަކާއި ނާޒީ ޕާޓީގެ ލޯގޯ ހިމެނޭ ގޮނޑިއެއްވެސް ހިމެނެއެވެ.

ޖަރުމަނުގައި ނާޒީ ޕާޓީގެ ނިޝާންތައް ބޭނުން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިފަދަ ތަކެތި ބޭނުން ކުރުމުގެ ހުއްދަ ދެވެއެވެ.

ބުނެވޭ ގޮތުގައި ހެޓްލަރަކީ ޖަރުމަނުގެ ވެރިއަކަށް އެރުމުގެ ކުރިން ކުރެހުންތައް ކުރަހައި އެވިއްކަން އުޅުނު މީހެކެވެ. ނަމަވެސް ހެޓްލަރު މަޝޫރުވެފައިވަނީ ދުނިޔެދުށް އެންމެ އަނިޔާވެރިންގެ ތެރެއިން ވެރިޔެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ