ހުއްދަ ނެތި އިމާރާތްކުރުމުގެ ހަ ބާވަތެއް ގެނައުން މަނާކޮށްފި

އިމާރާތް ކުރަން ބޭނުންކުރާ ހަ ބާވަތެއްގެ ކޮންސްޓްރަކްޝަން މެޓީރިއަލް ރާއްޖެ އެތެރެ ކުރަން ޕްލޭނިން މިނިސްޓްރީގެ ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ހަ ބާވަތެއްގެ ކޮންސްޓްރަކްޝަން މެޓީރިއަލް ރާއްޖެ އެތެރެ ކުރަން އެ މިނިސްޓްރީގެ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަމަޖެހުނީ އިމާރާތް ކުރުމާބެހޭ ދެ ގަވާއިދަކަށް އަމަލު ކުރަން ފެށުމުން ކަމަށް ޕްލޭނިން މިނިސްޓްރީ ބުނެއެވެ.

އެގޮތުން އަލަށް އަމަލު ކުރަން ފެށި ދެ ގަވާއިދަކީ އިމާރާތް ކުރަން ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދާއި އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި ތަކެތި ޓެސްޓް ކުރާ ފަރާތްތަކުގެ ގަވާއިދެވެ.

މި ދެ ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު ޕްލޭނިން މިނިސްޓްރީގެ ހުއްދައާ ނުލައި އެތެރެ ކުރުން މަނާކުރި ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ސިމެންތި އާއި ކޮންކްރީޓަށް ބޭނުން ކުރާ ހުރިހާ ގްރޭޑެއްގެ ހިލައިގެ އިތުރުން ކޮންކްރީޓް ކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ވެއްޔާއި އިމާރާތް ކުރަން އެތެރެކުރާ ސްޓްރަކްޗަރަލް ދަގަނޑެވެ. މީގެ އިތުރުން ހިމެނީ ރެޑީ މިކްސްޑް ހުރިހާ ގްރޭޑެއްގެ ކޮންކްރީޓުގެ އިތުރުން ރެޑީ މޭޑް ހުރިހާ ބާވަތެއްގެ ގަލެވެ.

މި ގަވާއިދާ ގުޅޭ ގޮތުން އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތެރިވާ ކުންފުނިތަކަށް ޖޫން 18 ވަނަ ދުވަހު އީމެއިލްގެ ޒަރިއްޔާ އިން މައުލޫމާތު ދީފައިވާނެ ކަމަށާއި، މި ބާވަތްތައް ހުއްދަނެތި އެތެރެ ކުރަން އުޅޭނަމަ، ކަސްޓަމުން ހުއްޓުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ