އިންޑިއާގެ އެސްއެމްއީ ކޮންފަރެންސްގަައި ރާއްޖޭން ބައިވެރިވެއްޖެ

އިންޑިއާގައި އޮންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބާއްވާ، އިންޓަނޭޝަނަލް އެސްއެމްއީ ކޮންފަރެންސް 2019 ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މިމަހުގެ 27 އިން 29 ގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދާ އިންޓަނޭޝަނަލް އެސްއެމްއީ ކޮންފަރެންސްގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސްކޮށް ބައިވެރިވެފައިވަނީ އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފަރާތުންނެވެ.

މިއީ މި ކޮންފަރެންސުގައި ރާއްޖޭން ބައިވެރިވި ފުރަތަމަ ފަހަރެވެ.

އެސްޑީއެފްސީގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ބައިވެރިވަޑައިގެންނެވިއިރު، އަންހެން ވިޔަފާރިވެރިން ތަމްސީލް ކުރުމުގެ ގޮތުން ބައެއް ފަރާތް ތަކުން ބައިވެރިވެފައިވެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް އިސްކަން ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިގޮތުން ސަރުކާރުން ވަނީ އެސްޑީއެފްސީގެ ނަމުގައި ބޭންކެއް ވެސް އުފައްދާވާ، އަދި މިހާރު އެތަނުން ލޯނު ދޫކުރަން ވަނީ ތައްޔާރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ