މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސްވިމިންގ ޓްރެކް ގައި ސިޑިބަރިއާއިއެކު ފާޚާނާ އާއި ފެންވަރާނެ ވަޞީލަތްތައް ހިމެނޭގޮތަށް އަޅާއިމާރާތުގެ މަސައްކަތް 120 ދުވަސް ތެރޭ ނިންމަން މިއަދު ހަވާލުކޮށްފައިވަނީ މާޒިޔާ ކޮންސްޓްރަކްޝަން އާއި ކަމަށެވެ.
މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކް ގައި ސިޑިބަރިއާއިއެކު ފާޚާނާ އާއި ފެންވަރާނެ ވަޞީލަތްތައް ހިމެނޭގޮތަށް އަޅާއިމާރާތުގެ މަސައްކަތް 120 ދުވަސް ތެރޭ ނިންމަން މާޒިޔާ ކޮންސްޓްރަކްޝަން އާއި މިއަދުވަނީ ހަވާލުކުރެވިފަ. pic.twitter.com/mqwUtJbD8S
— Ahmed Mahloof (@AhmedMahloof) June 30, 2019




