އެމެރިކާގެ ނިއު ޔޯކް ސިޓީގައި މިހާރު ކުރިއަށްދާ "ލަލީގާ ޕްރޮމިސެސް" ގެ ފައިނަލްގައި ރެއަލްމެޑްރިޑް ބަލިކޮށް ބާސެލޯނާއިން މުބާރާތް ކާމިޔާބުކޮށްފިއެވެ.
މިމުބާރާތަކީ ކްލަބްތަކުގެ 12 އަހަރުން ދަށުގެ ޓީމުތަކުގެ މެޗުގައި ކުޅެވޭ އިންޓަނޭޝަނަލް މުބާރާތެކެވެ.
ރެއަލްމެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރި މިމުބާރާތުގެ ފައިނަލް ބާސެލޯނާއިން ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ.
? #LaLigaPromises Internacional
— FC Barcelona - Masia (?) (@FCBmasia) June 30, 2019
? Nova York
??? WE ARE THE CHAMPIONS!#FCBMasia #ForçaBarça?? pic.twitter.com/57Tbovn6K7
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބާސެލޯނާގެ ސެފަސް އަދި ކަސްޓެލޯނަސްގެ ދެލަނޑުން ބާސެލޯނާ ކުރީގައި އޮތްނަމަވެސް ހާފުނިމުމުގެ ކުރިން ގާސިއާ ޑިއޭޒް ޖެހި ލަނޑާއެކު ރެއަލްމެޑްރިޑަށް އާ ހިތްވަރެއް ލިބިގެންދިޔައެވެ. އެހެން ނަމަވެސް މެޗުގައި ވަރުގަދަ ކުޅުމެއް ދައްކަމުންއައި ބާސެލޯނާއިން ދެވަނަ ހާފު ކުޅެން ނުކުމެ އިތުރު ހަތަރު ލަނޑާ މެޗު ޔަޤީންކުރިއެވެ.
ބާސެލޯނާއިން މިދިޔަ ފަސް އަހަރު ތެރޭ މިމުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވެއެވެ.
މިމަހުގެ ކުރީކޮޅު ސްޕެއިންގެ ވިލަރެއާލްގައި ކުޅެވުނު "ލަލީގާ ޕްރޮމިސެސް" ގެ ފައިނަލްގައި ބާސެލޯނާވަނީ ރެއަލްމެޑްރިޑާއެކު ކުޅެ 1-0 ގެ ނަތީޖާއަކުންބަލިވެފައެވެ.




