ބީއެމްއެލް އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ގައުމީ ޓީމުތަކުގެ ސްޕޮންސާޝިޕް ދެއަހަރަށް އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ވެފައިވާ އެއްބަސްވުން 2 އަހަރުގެ މުއްދަތަކަށް އިތުރު ކޮށްފިއެވެ.

މިއަދު ހެނދުނު ބީއެމްއެލް އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ސޮއިކުރެވުނު މިއެއްބަސްވުމާއެކު ކުރިއަށްއޮތް ދެއަހަރުވެސް ރާއްޖޭ ޤައުމީޓީމުތަކުގެ ސްޕޮންސަރަށް ބީއެމްއެލް ވެގެންދާނެއެވެ. އޭގެ ތެރޭގައ ހިމެނެނީ ފިރިހެން ސީނިއަރ ގައުމީ ޓީމާ، އަންހެން ސީނިއަރ ޓީމެވެ.

ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފުވެސް ބައިވެރިވެވަޑައިގެން މިރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފްއެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ބައްސާމް ޢަދީލް ޖަލީލްއެވެ.

"ބައިނަލްއަގްވާމީ ފެންވަރުގެ މި ކާމިޔާބީތައް ހޯދައިދިނުމަށް ބީއެމްއެލްއަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް މި ބޭންކުން ބޭނުންވޭ. މުޅި ރާއްޖެ ހިމެނޭ ގޮތަށް ހުނަރުވެރި އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ މުހިންމު އެއް ބޭނުން." މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ