އިންޑިއާއަށް ރާއްޖެ ހިފިދާނެކަމަށް ބުނި މައްސަލައިގައި މާރިޔާ މަޖިލީހަށް ހާޒިރުކުރަނީ

އިންޑިއާގެ އަސްކަރިއްޔާއިން ދިވެހިރާއްޖެ ހިފަން ބޭނުންވެއްޖެނަމަ އެކަން ކުރެވިދާނެކަމަށް ދޭހަވާ އިބާރާތަކުން ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނަވާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އަންގައިފިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ މަޖިލީހަށް ހާޒިރު ކުރަނީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިޤް (ޓޮމް) މިނިސްޓަރާ ސުވާލު ކުރެއްވުމަށެވެ.

"ޤާނޫނު އަސާސީއާއި، ސިފައިންގެ ޤާނޫނުން މިނިސްޓަރާ މަތިކޮށްފައިވާ އެންމެ ބޮޑެތި ޒިންމާތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއިސިޔާދތު ދިފާއުކޮށް ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ އިއްޒަތާއި ކަރާމާތް އަދި ދިވެހި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދީ ހިފެހެއްޓުމާއި، ދިވެހިރާއްޖޭގެ ކަނޑާއި ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކުރުމުގެ ސިޔާސަތު ކަނޑައެޅުންކަމަށް ވީހިނދު، މިނިސްޓަރުކަމުގެ މަޤާމުގައި ހުރެ ކަމަނާ ފާޅުކުރައްވަމުންދާ ސިޔާސަތުތަކުން ނުވަތަ ވާހަކަފުޅުތަކުން، އިސްވެ ދެންނެވުނު ޒިންމާތައް އަދާކުރެވޭ ކަމަށް ދެކެވަޑައިގަންނަވަންތޯ؟" ޑިފެންސް މިނިސްޓަރާ ކުރުމަށް ހަމަޖެހިފައިވާ ސުވާލުގައި ބުނެފައިވެއެވެ.

މާރިޔާ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގެންދަނީ މިނިސްޓަރަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް ޑިފެންސުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މީޑިއާއިން މިނިސްޓަރު ދެއްކި ވާހަކަ މާނަ އޮޅުވާލައްވަނީ ކަމަށެވެ.

މާރިޔާ މަޖިލީހަށް ހާޒިރުކުރަން ނިންމިއިރު، ހައުސިންގ މިނިސްޓަރުވެސް މަޖިލީހަށް ހާޒިރުވުމަށް ވަނީ އަންގަވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ