ތިލަފުށީ ބަނދަރުގެ މާސްޓަރ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ

ދިވެހި ސަރުކާރުނެ މި އަހަރު ތިލަފުށީގައި ގާއިމުކުރުމަށް ނިންމާފައިވާ ބައިނަލްއަގްވާމީ ވިޔާފާރި ބަނދަރުގެ މާސްޓާ ޕްލޭން ހަދައިދޭނެ ފަރާތެއްހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިޢުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓްއިން ކުރިއަށްގެންދާ ތިލަފުށީގައި ބައިނަލްއަގްވާމީ ޕޯޓެއް ތަރައްޤީ ކުރުމަށް ޓަކައި މާސްޓާ ޕްލޭނެއް ހެދުމާއި ވިޔަފާރި ބަނދަރުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާމެއް ހޯދަން ބޭނުންވާކަމަށް ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މިޕްރޮޖެކްޓުގައި ހިމެނޭ މައިގަނޑު މަސައްކަތަކީ، ތިލަފުށީ ވިޔަފާރި ބަނަދަރުގެ މާސްޓާ ޕްލޭން ހެދުމާއި ޑީޓެއިލް ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރުން ކަމަށްވެސް ފިނޭންސް މިނިސްޓްރީއިން ވިދާޅުވިއެވެ.

މި އިޢުލާނުގައި ބުނެފައިވަނީ،މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބައިނަލްއަގުވާމީ ފަރާތްތަކުން ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް)އާ އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދައުވަތު އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީން އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބްރޯޝާއާއި، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާއި، މަސައްކަތް ކުރުމުގެ ތަޖުރިބާއާއި، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު ހުށަހަޅަން ވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން އިތުރަށް ވިދާޅުވީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލު ކުރެވޭނީ ކޮލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް)ގެ އެސޫލުންކަމަށާއި، ޕާޓީތައް ޝޯޓްލިސްޓުކުރުމުގައި ބައިނަލްއަޤްވާމީ ފާމްތަކުން ދިވެހި ފާމްތަކުގެ ބައިވެރިވުމާ އެކު ހުށައަޅާ އެކްސްޕްރެޝަން އޮފް އިންޓަރެސްޓަށް ރިއާޔަތްކުރެވޭނެ ކަމަށެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށައެޅުމުގެ އެންމެފަހުގެ މުއްދަތަކީ، 28 ފެބޮރުއަރީ 2019 ވާ ދުވަހުގެ 14:00 ގެ ކުރިންނެވެ.

މާލޭގެ ވިޔަފާއި ބަނދަރަށް ދިމާވެފައިވާ ޔާގައިގެ ދަތިކަން ހައްލުކުމުގެ ގޮތުން ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް، މިކަމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެމޮޕީއެލް އިން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ