"މިފަހަރުވެސް ގޯލްޑް" އައިއޯއައިޖީގެ ކައުންޓްޑައުން ޝޯ ފަށައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ޚާއްސަކޮށްގެން ޕީއެސްއެމުން ގެނެސްދޭ ކައުންޓްޑައުން ޝޯ "މިފަހަރުވެސް ގޯލްޑް" ފަށައިފިއެވެ. 

ޕީއެސްއެމްގެ ކައުންޓްޑައުން ޝޯ ރަސްމީކޮށް ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފެވެ.

ކައުންޓްޑައުންގެ ފުރަތަމަ ޝޯ ގެނެސްދިނީ ދެބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ މަޙުލޫފެވެ. ދެވަނަ ބައިގައި ބައިވެރިވެވަޑައިގަތީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މަރުޒޫގެވެ. 

ކޮންމެ ދުވަހަކު ގެނެސްދޭ ކައުންޓްޑައުން ޝޯތަކުގެ އިތުރުން ކޮންމެ ދުވަހެއްގެ ޕީއެސްއެމް ސްޕޯޓްސްގެ ޚަބަރުގައި އައިއޯއައިޖީއާއި ގުޅުންހުރި ޚަބަރުތަކަށް ޚާއްސަ ސެގްމަންޓެއް ގެނެސްދޭނެއެވެ. މީގެ އިތުރުން، ޕީއެސްއެމްގެ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އައިއޯއައިޖީގެ ޕްރޮމޯތައްވެސް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމްއަކީ އައިއޯއައިޖީއަށް ޚާއްސަކޮށްގެން ކައުންޓްޑައުން ޝޯއެއް ފެށި ފުރަތަމަ ޓީވީ ސްޓޭޝަނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ