އެންޓޮއިން ގްރިޒްމަން - ފޮޓޯ: ފޮކްސް ސްޕޯޓްސް

ބާސެލޯނާއިން ގްރިޒްމަންގެ ސޮއި މިހަފްތާތެރޭ ހޯދާނެ!

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑު އެންޓޮއިން ގްރިޒްމަންގެ ސޮއި މިހަފްތާތެރޭ ބާސެލޯނާއިން ހޯދާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

200 މިލިއަން ޕައުންޑްގައި ހުރި ގްރިޒްމަންގެ "ރިލީޒް ކްލޯސް" ޖުލައި 1 ކުން ފެށިގެންވަނީ 120 މިލިއަން ޑޮލަރަށް ކުޑަވެފައެވެ. ރިޕޯޓްތައް ބުނާގޮތުން ގްރިޒްމަންއާއި ބޭސެލޯނާއާދެމެދު މިހާރުވެސްވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

މިދިޔަ އަހަރުވެސް ބާސެލޯނާއިންވަނީ ގްރިޒްމަން ގެންނަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް ބާސެލޯނާގެ ހުށަހެޅުމަށް ގްރިޒްމަން އެއަހަރުވަނީ ނޫނެކޭ ބުނެ އެތުލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން އެތުލެޓިކޯ ދޫކޮށްލަން ނިންމާފައިވާ ގްރިޒްމަންއަށް ބާސެލޯނާއިން ހުށައަޅަނީ އަހަރަކު 17 މިލިއަން ޔޫރޯ ލިބޭ، 5 އަހަރުގެ އެއްބަސްވުމެކެވެ.

އުމުރުން 28 އަހަރުގެ ގްރިޒްމަން ނިމުނު ސީޒަންގައި އެތެލެޓިކޯއަށް ޖުމްލަ 21 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. ރެއަލްސޮސިޑޭޑް ދޫކޮށް އެތުލެޓިކޯއާއި ގްރިޒްމަން ގުޅުނީ 2014 ވަނަ އަހަރުއެވެ.

ބާސެލޯނާގެ އިތުރުން ޔޫރަޕް އެހެން ބޮޑެތި ކްލަބްތަކުންވެސް އަންނަނީ ގްރިޒްމަންއަށް ލޯ އަޅަމުންނެވެ. ފްރާންސްގެ ޕީއެސްޖީން އޭނާ ހޯދުމަށް މަސައްކަތްކުރަމުން ދިޔަނަމަވެސް ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި ގްރިޒްމަން ދެންވެސް ފެންނާނީ ލަލީގާއިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ