އެމްއާރުއެމްގެ ތަރުޖަމާނަކަށް ތަޒްމީލް، ކެމްޕޭން މެނޭޖަރަކަށް ފައިސަލް

ރައީސް މަޢުމޫން އުފައްދާ އާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފަރާތުން މަޖިލިސް އިންތިޚާބުގެ ތަރުޖަމާނަކަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުލް ސަމަދު ހަމަޖައްސަވައިފިއެވެ.

އެމްއާރުއެމް އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްއާރުއެމް އިން މަޖިލިސް އިންތިޚާބު 2019 އަށް ސްޕޯކްސްޕަރސަން އަކަށް ތަޒްމީލް ހަމަޖައްސަވާފައިވާ ކަމަށާއި، ކެމްޕެއިން މެނޭޖަރަކަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑއަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސަޑަރ މުޙައްމަދު ފައިސަލް ހަމަޖައްސަވާފައިވާ ކަމަށެވެ.

މީގެ އިތުރުން މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގެ އެސިސްޓަންޓް މެނޭޖަރަކަށް މުޙައްމަދު ރާއިދު ހަމަޖައްސަވާފައިވާ ކަމަށްވެސް އެމްއާރުއެމް އިން ވިދާޅުވިއެވެ.

އެމްއާރުއެމް އިން މަޖިލިސް އިންތިޚާބަށް ތަރުޖަމާނަކާއި، ކެމްޕެއިން މެނޭޖަރުން ހަމަޖެއްސެވިއިރު، އެމްއާރުއެމް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި މަޢުމޫންގެ ތާއީދާއެކު ގިނަ ކެންޑިޑޭޓުންތަކެއް މަޖިލިސް އިންތިޚާބުގައި ވާދަކުރާނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ