ދިވެހިރާއްޖެއަށް ދިމާވެފައި އެންމެ ބޮޑު އިޖުތިމާއީ މައްސަލަ، ބޯހިޔާވަހިކަމަށް އެދުމަށް ދިވެހި ރައްޔިތުން އުފުލަމުން އައި ތަކްލީފުތައް ނިމުމަކަށް ގެނެސްފިއެވެ.
ފްލެޓް ކިއު ނިމުމަކަށް ގެނެސްފައިވަނީ "މަގޭ ހިޔާވެހި" ގެ ނަމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ދާދި ދެންމެ ތައާރަފްކުރި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް އެދެވޭގޮތް ހަމަޖެއްސުމުންނެވެ. މި ޕޯޓަލް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑޮވެލޮޕްމަންޓް އައިމިނަތު އާތިފާއެވެ.
"vehi.egov.mv" ޕޯޓަލް މެދުވެރިކޮށް ފްލެޓަށް އެދެވޭނެ އިންތިޒާމް ހައުސިންގ މިނިސްޓްރީން ހަމަޖެއްސެވިއިރު، ކޮންމެ ތަނެއްގައި ހުންނަވައިގެންވެސް، ކޮންމެ ވަގުތަކުވެސް، ކޮންމެ ދިވެހި ރައްޔިތަކަށް ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓަށް އެދެވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އޮންލައިންކޮށް ފްލެޓަށް އެދެވޭހޮތް ހެދިއިރު، ވޭތުވެދިޔަ ދުވަސްތަކުގައި ފްލެޓަށް އެދި ހުޅުވާލާ ކޮންމެ ފަހަރަކު ފޯމު ނެގުމަށާއި، ފޯމު ހުށަހެޅުމަށް އެތައް ހާސް ބަޔަކު ކިޔުގައި ޖެހެއެވެ. އަދި ކިޔުތަކުގައި މީހުން ގިނަވެ ޚިދުމަތް ނުދެވި އެތައް ގަޑިއިރަކު ދޭހާ އަތްވަކާއި، ވެހޭހާ ވާރެއެއްގައު ކިއުގައި ތިބެފައިވެއެވެ.
ކިއުގައި ނުޖެހި ފްލެޓަށް އެދެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސް ޞޯލިޙްގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.
މިފަދަ ޕޯޓަލެއް ތައާރަފް ކުރުން ވެގެންދާނީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހަ ކަމަކަށެވެ.