ޖަނަވާރުންނަށް ފަރުވާދޭ ވެޓް ކްލިނިކް ބަންދުކުރަނީ

ޖަނަވާރުންނަށް ފަރުވާދިނުމަށް ރާއްޖޭގައި ޤާއިމުކުރެވިފައިވާ ވެޓެރިނަރީ ކްލިނިކްގެ ހިދުމަތް ވަގުތީގޮތުން ހުއްޓާލުމަށް ނިއްމާފިއެވެ.

ވިލިމާލޭގެ ވެޓް ކްލިނިކްގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ނިއްމީ، އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރު އާއިލީ ޒިންމާގައި ޗުއްޓީއަށް ރަށަށް ދާން ޖެހުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން އިތުރަށް ވިދާޅުވީ، ވެޓް ކްލިނިކް މި މަހުގެ 11 އިން ފެށިގެން 17  އަށް ވަގުތީ ގޮތުން ބަންދުވާނެކަމަށާއި، ކްލިނިކް އަލުން ހުޅުވޭނީ މި މަމަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި މާލޭގައި ރަހުމްކުޑަކޮށް ބުޅާ މަރަމުންދިޔަ ދަނޑިވަޅެއްގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރުވެނު ޖަނަވާރުތަކަށް ފަރުވާދޭ މި ވެޓް ކްލިނިކަކީ، އާއްމުގޮތެއްގައި ދިވެހިން ގެންގުޅޭ ހުރިހާ ބާވަތެއްގެ ޖަނަވާރުންނަށް ރަނގަޅު ފަރުވާއެއް ދެމުން އަންނަ ކްލިނިކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ