ބިދޭސީންނާއި ބެހޭ ކަންތައްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް

މީގެ ކުރިން މޯލްޑިވްސް އިމިގްރޭޝަންއިން ބަލަހައްޓަމުންއައި، ދިވެހި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެތެރެކުރުމުގެ ކަންތައްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމެންޓްއިން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވަނީ، މި ބަދަލު ގެނެސްފައިމިވަނީ، ލޭބާ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ދިވެހި ރާއްޖެ އަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަމަށެވެ.

އިމިގްރޭޝަންއިން މިހާރު ދެމުންގެންދާ ބައެއް ހިދުމަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް، އަންނަ މާޗް މަހުގެ ތެރޭގައި ބަދަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ނިއްމާފައިވާއިރު، އިޢުލާނުގައި ބުނެފައިވަނީ ހިދުމަތްތައް ދިނުމަށްޓަކައި ހިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެ ފަދަ ގޮތަކަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.  

އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުވާ ހިދުމަތްތަކަކީ، ރާއްޖެ އަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީވުމުގެ މަސައްކަތާއި، ކޯޓާ ހަމަޖައްސައިދުނުމާއި، އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުން އަދި ވިސާ ޑިޕޮސިޓް ފީ ބަލައިގަތުމާއި ރީފަންޑްކުރުމެވެ.

ބިދޭސީންގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިމިވަނީ، މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ދިރިރުޅެމުންދާ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ