ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަދި އޭސީސީގެ ރައީސް - ފޮޓޯ: ޕީއެސްއެމް ނިއުސް

އޭސީސީއަށް ކޮރަޕްޝަނުގެ މައްސަލަތައް އިންސާފުވެރިކަމާއެކު ނުބެލޭނެ - ޕީއެސްއެމް

ޕީއެސްއެމްގެ ކުރީގެ މެނޭޖުމަންޓުން ގިނަ މަޝްރޫޢުތަކެއް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ވަކިބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އަދި ކޮރަޕްޝަނަށް މަގުފައިވާގޮތަށް ކުރިޔަށް ގެންދިއުމަށް ކުންފުނީގެ އޭރުގެބޯޑާއި، މެނޭޖްމަންޓުން ނިންމާފައިވާ ނިންމުން އެންމެ ރަނގަޅުކަމަށް، އޭސީސީން ލަފާ ދެއްވާފައިވާކަމަށްވެސް ޕީއެސްއެމްއިން ވިދާޅުވެއެވެ. 

މިކަން ހާމަކޮށް ޕީއެސްއެމް އިން މިއަދު ނެރުނު ޕީއެސްއެމް އިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ އޭސީސީ ހިންގެވުމާ މިހާރު ޙަވާލުވެ ތިއްބެވި ވެރިންގެ މަޞްލަޙަތު ފުށުނާރާނެ ގޮތަކަށް ކޮރަޕްޝަނުގެ މައްސަލަތައް އިންސާފުވެރިކަމާއެކު އޭސީސީއަށް ނުބެލޭނެ ކަމަށެވެ. 

ޕީއެސްއެމް އިން މި ބަޔާން ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) އަށް ޙާޒިރުވެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ ޕީއެސްއެމް ހިންގުން މިސަރުކާރުން ޢައްޔަންކުރެއްވި އާ މެނޭޖްމަންޓާ ޙަވާލުވިއިރު، ކުރީގެ މެނޭޖްމަންޓުން ހިންގަން ފަށާފައިވާ ބައެއް މަސައްކަތްތައް ހިންގުމުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށްހުރި ބައެއް ކަންކަން ފާހަގަކުރެވުނުކަމަށެވެ.

އެގޮތުން ވިއްސަށްވުރެ ގިނަ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާތާ މިހާރު ފަސް މަސްދުވަހަށްވުރެ ގިނަދުވަސް ވެފައިވާކަމަށާއި، އެއެމައްސަލަތައް އޭސީސީއަށް ހުށަހަޅަން ޕީއެސްއެމްގެ މިހާރުގެ މެނޭޖުމަންޓުން ނިންމީ ކުންފުނީގެ އެތެރޭގައި އެކަންކަން ބަލައި އިދާރީ ތަޙުޤީގެއް ކުރުމަށްފަހު އިތުރަށްބަލަންޖެހޭ ސީރިއަސް މައްސަލަތަކެއް ހުރިކަން އެފަރާތަށް ފާހަގަ ކުރެވިގެން، ކުންފުނީގެ ބޯޑުން އެގޮތަށް ނިންމުމާ ގުޅިގެންކަމުގައިވެސް ބަޔާނުގައި ވަނީ ވިދާޅުވެފައިވެއެވެ. 

މިމައްސަލަތައް އޭސީސީއަށް ހުށަހެޅުމުން އެކޮމިޝަނުގެ ތަޙުޤީޤު ޓީމުތަކުން ޕީއެސްއެމްއަށްގޮސް އޭސީސީން ބޭނުންވީ ކޮންމެ ލިޔުމެއް އެމައްސަލައަކާއި ގުޅުންހުރި ޑިޕާރޓްމަންޓްތަކުން ހޯދައިގެން ގެންދެވޭނޭ އިންތިޒާމް ޕީއެސްއެމްއިން އޮތީ ހަމަޖައްސާދީފައިކަމަށާއި، މިމައްސަލަތަކާގުޅިގެން ޕީއެސްއެމްގެ ކަމާ ގުޅޭ މުވައްޒަފުންގެ ކޮމްޕިއުޓަރތަކުގެ ހާރޑްޑިސްކްތަކާއި، އީމެއިލް މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތްތައްވެސް އޭސީސީގެ ތަޙްޤީޤްގެ ބޭނުމަށް ގެންގޮސްފައިވާކަމަށް ޕީއެސްއެމްއިން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ޕީއެސްއެމްއިން ހުށަހަޅާފައިވާ މި މައްސަލަތަކާގުޅިގެން ކުންފުނީގެ ފަރާތުން އެކޮމިޝަނަށް އެއްވެސް ލިއުމެއް ނުލިބޭކަން، ޕީއެސްއެމްއާ ޙިއްޞާ ނުކޮށް، އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ދެއްވި މަޢުލޫމާތުގައި، ޕީއެސްއެމްއިން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅުންހުރި ބައެއް ލިޔެކިއުންތައް ފެންނަން ނެތްކަމަށާއި، އަދި އެކޮމިޝަނަށްވެސް ލިބިފައި ނެތުމުގެ ސަބަބުން އެކޮމިޝަނުން ކުރަމުންދާ ތަޙުޤީޤަށް ހުރަސް އެޅުނުކަމަށް ހާމަކުރުމަކީ ޕީއެސްއެމްއިން އޭސީސީއަށް ހުށަހެޅި މައްސަލަތައް ނުބަލައި ފައިލް ކުރުމުގެ ނިޔަތުގައި އެކޮމިޝަނުން ކުރެއްވި ކަމެއްކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު އެބައޮތްކަމަށް ޕީއެސްއެމްގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ