ދިވެހި މިލިޔަނަރަކު ކައިވެނި ކުރާނެ ޒުވާން ރީތި ކުއްޖަކު ހޯދަނީ!

އުމުރުން 68 އަހަރުގެ ދިވެހި މިލިޔަނަރަކު ކައިވެނިކުރަން ޒުވާން އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މީސްމީޑިއާގައި ހަޔާތުގެ ބައިވެރިޔާ ހޯދާދޭކަމަށް ބުނާ "ކައިވެނި ޕޭޖް" ގައިކޮށްފައިވާ ވީއައިޕީ ޕޯސްޓެއްގައި ބުނެފައިވަނީ އުމުރުން 68 އަހަރުގެ ފިރިހެނަކު ކައިވެނި ކުރާނެ ކުއްޖަކު ބޭނުންވާކަމަށެވެ. މިޕޯސްޓްގައި ބުނެފައިވަނީ ފިރިހެންމީހާއަކީ މާލޭ މަޝްހޫރު ވިޔަފާރި ވެރިއެއްކަމަށާއި، މާލޭގައި 10 ބުރިއަށް ތަރައްޤީ ކޮށްފައިވާ ގެއަކާއި، 3 ފިހާރަ ހުރިއިރު، އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 1.2 މިލިއަންވަރު ގިނަ ރުފިޔާ ލިބޭ ކަމަށެވެ.

އިތުރަށް މިޕޯސްޓްގައި ބުނެފައިވަނީ މިފިރިހެން މީހާގެ 26 އަހަރުގެ އަންހެން ދަރިޔަކު ހުނަކަމާއި، ކައިވެނި ކުރަން ބޭނުންވާ އަންހެން މީހާގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތަކެއްވެސް މިޕޯސްޓްގައި ވަނީ ކަނޑައަޅާފައެވެ. މިގޮތުން ކައިވެނި ކުރަން ބޭނުންވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު އަލަށްވެސް ކައިވެނި ނުކުރާ ދަރިއަކު ނެތް ކަޅުވިޔަސް ރީތި ކުއްޖަކާ ކަމަށް ބުނެފައިވެއެވެ.

" ކައިވެނި ޕޭޖް" އަކީ ދިވެހިންގެ ތެރޭގައި މަޤްބޫލު ޕޭޖްއެކެވެ. މީގެ ކުރިންވަނީ ދިވެހި ސަރުކާރު ކުންފުންޏެއްގެ ސީއީއޯ އަކު ވެސް ކައިވެނިކުރަން ލޫޅާފަތި ކުއްޖަކު ހޯދުމަށް ކައިވެނި ޕޭޖް މެދުވެރިކޮށް އިއުލާނުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް

2 Responses

  1. Mohamed

    Enme thankolhehves dhoo nudheythi

    • AHMED

      Thankolheves dhookohlaafiyaa hurii gelun

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ