ދިވެހި ސަރުކާރަށް އެހީވުމަށް ތައްޔާރަށް އޮތްކަމަށް ވޯލްޑު ބޭންކުން ވިދާޅުވެއްޖެއެވެ.
ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ހަރ އެކްސެލަންސީ ޑޮކްޓަރ އައިޑާ ސްވަރަޔީ ރިޑިހައު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި އެކަމަނާ ވިދާޅުވީ، މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެ ބޭންކަށް ވެވެން އޮތް މިންވަރަކަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އޮތްކަމަށެވެ.
ރިޑިހައު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި އެކަމަނާ ވިދާޅުވީ، މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެ ބޭންކަށް ވެވެން އޮތް މިންވަރަކަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އޮތްކަމަށެވެ.
މިއަދު ހެނދުނު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވޯލްޑް ބޭންކްގެ ޑިރެކްޓަރ ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިމާ ހުރަސްތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބައްދަލުކޮށްލެއްވުމަށް ފުރުޞަތެއް ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވަމުން، އެކަމަނާ ވިދާޅުވީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އަދި ރައްޔިތުންގެ ފައިސާ ރަނގަޅު ގޮތުގައި ހޭދަކުރާނެ ގޮތްތައް ކަނޑައެޅުމުގައި އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ވޯލްޑް ބެންކުން ވޭތުވެދިޔަ އަހަރުތަކުގައި ދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވަވާ، ރައީސުލް ޖުމުހޫރިއްޔާގެ ނައިބު ވަނީ ޝުކުރު އަދާކުރައްވާފައެވެ.